ޚަބަރު ސިޔާސީ

ޕްލޭން އޭ، ބީ އަދި ސީ ވެސް އެބައޮތް، ޕްލޭން ސީ އަކީ ޕީއެންސީ: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބަށް، ޕީޕީއެމްގެ ޕްލޭން އޭ، ބީ އަދި ސީ ވެސް އެބައޮތްކަން އެ ޕާޓީގެ ނައިބު ރައީސް، އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ހާމަކުރައްވައިފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގައި އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހުގައި، ޝިޔާމް މީޑިއާތަކަށް ވިދާޅުވީ ޕްލޭން އޭ އަކީ ރައީސް ޔާމީން ވާދަ ކުރެއްވުން ކަމަށާއި، ބީ އަކީ، އެމަނިކުފާނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުން ކަމަށެވެ. އަދި ޕީއެންސީގެ ފަރާތުން ރިޔާސީ ޓިކެޓު އަރުވައިފައިވާ، ޑރ.މުޙައްމަދު މުޢިއްޒު ވާދަ ކުރެއްވުމަކީ ޕްލޭން ސީ ކަމަށް ވިދާޅުވިއެވެ.

"ޕްލޭން ސީ އަކީ އެދުވަހުން އެދުވަހަށް ވެސް ފެއްޓެން އޮތް ޕްރޮސީޖަރ އަކަށް ވާތީވެ، ޕްލޭން ސީގެ ޕްރޮސީޖަރ ނިންމާފައި، ކެންޑިޑޭޓު ވެސް ސާފުވެފަ ހުރީ، ޕީއެންސީގެ."

މި ޕްލޭންތައް އެކުލަވައިލީ ރައީސް ޔާމީންގެ އިރުޝާދާއިއެކުގައި ކަމަށް ވިދާޅުވެ، ހުރިހައި ރައްޔިތުންގެ ވެސް ދުޢާ އަކީ "ޕްލޭން އޭ" ލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

  1. ހުސަެނުބެ

    އެބައޮތެވެ. ހިތާމައަކީ ޑީ އީ އެފުން ގޮސް ޒެޑަށް ދާއިރުވެސް ސިޔާމު ނެތީމައެވެ. މީ ވަރަށް ވާހަކައެވެ.

  2. އަލިފުތު

    އަހަރުން ޔާމީން ނޫން ކެންޑިޑޭޓެއް ގަބޫލެއް ނުކުރާނަމެވެ. މިއީކީ ވިރާސީ ރަސްކަމެއް ނޫނެވެ. އެއްރަސްކަލަކު ދާއިރަށް އަނެކަކު ދެއްކިޔަސް ގަބޫލެއް ނުކުރެވޭނެއެވެ. އަހަރުމެންގެ އަމިއްލަ އިޚްތިޔާރެއް ވެރިކަމުގައި ނޯންނާނެ ހެއްޔެވެ؟ މިއީ އެހާ ނިކަމެތި ބަޔެއް ހެއްޔެވެ؟

  3. ތެލިދޮންނައޭ

    ތިޔާ މުއިއްޒު ރަނގަޅުވާނީ މަސްކައްކަން ތެލިދޮންނަން އޭނާ ކަމަކު ނުދާނެއޭ ރާއްޖޭގެ ވެރިކަމަށް ތިޔާ ޒާތުގެ ރަނޑުން ކަމަކު ނުދާނެއޭ ތިޔާއީ ތެލިދޮންނަ ބަގައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ ތެލިދޮންނައޭ