އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު އެމަނިކުފާނާއި ދެކޮޅަށް ޙުކުމް ކުރި ނަމަވެސް، ޙައްޤަށް ނަސްރު ލިބިގެންދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީީސް ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަދި މި ޤައުމު ރައީސް ޔާމީން ބޭނުންވެފައިވާ މިންވަރު ދިވެހި ލޭ ހިނގާ ކޮންމެ ދަރިޔަކަށް އިހްސާސުކުރެވޭނެ ކަމަށާއި، މާތް ރަސްކަލާނގެ ރަހުމަތްފުޅުން ޙައްޤަށް ނަސްރު ލިބިގެންދާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީީ‘ ޔާމީން ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކެންޑިޑެސީ ފޯމް ވަނީ ބޭރުކޮށްލައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވުމާއި އެމަނިކުފާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެއެވެ.
ހައްގަ ނަސްރު ލިބެއޭ ތިބުނަނީ ކޮން ގޮތަކުން ތޯ އެހެންވީޔާ އެއޯތީ ހައްގައް ނަސްރު ލިބިފަ އެކަމަކު ކަލޯމެން ތިޔަތިބީ ހުރިހާ ނުބައި ކަންތަކައް ނަސްރު ހޯދަން ވީޔ ވީމާ ހައްގު ވިޔސް ގަބޫލު ނުކުރެވޭނެ