ޚަބަރު ސިޔާސީ

ރައީސް ޔާމީން އެދުނު ނަމަވެސް އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް ސެނެޓުން ފާހެއްނުވި 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން އެމަނިކުފާނު އެންގެވި ނަމަވެސް، އިންތިޚާބު ބޮއިކޮޓު ނުކުރާން ސެނެޓުން ނިންމައިފިއެވެ.

Ads by MWSC

ސެނެޓްގައި ނެގުނު ވޯޓުގައި އިންތިޚާބު ބޮއިކޮޓް ކުރުމަށް ވޯޓުދެއްވީ، 46 މެމްބަރުން، އިންތިޚާބުގައި ބައިވެރިވުމަށް ވޯޓު ދެއްވީ، 67 މެމްބަރުންނެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގާފައިވަނީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ވަކީލުން މެދުވެރިކުރައްވައި ޕީޕީއެމްގެ ލީޑާޝިޕަށް ދެއްވި ނޯޓެއްގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ނޯޓުގައި ރައީސް ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

ރައީސް ޔާމީނަށް ވާދަ ނުކުރެއްވިދާނެ ހާލަތެއްގައި ވާދަކުރައްވަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓު ދޭން އެ ޕާޓީގެ ސެނެޓުން ވަނީ ނިންމައިފައެވެ.

Ads by Ooredoo
  1. ގާތުގައި

    ޔާމީނަކަށް ބަލާނެ ކަމެއް ނެތް. އޭނާ އެ އޮތްތަނެއްގައި ބާއްވާފަ ކުރިޔައްދޭ. އޭނައަށް ވެރިކަން ދޭން ކޮންމެހެން މަޖުބޫރުތަ؟ އޭނާގެ ސިޔާސީ ޙަޔާތް އެހިސާބުން ނިންމާލާފަ އާ މީހުންނާއެކު ކުރިޔަށް ދާންވީ. ވަގުން ތިބެން ޖެހޭ ތަނެއްގައި ބައިތިއްބާ!

  2. ހުފުރާ

    މުޅިގައުމު ދަރާވިކިޢްޖެ ހުވާ