ޚަބަރު ސިޔާސީ

ރައީސް ޔާމީނުގެ ވާހަކައަކީ ދިވެހި ތާރީޚަށް ދޫކޮށްލެވުނު އިބްރަތެއް: އިމްރާން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީގެ ލީޑަރު ރައީސް ޔާމީނުގެ "ސްޓޯރީ" އަކީ ދިވެހި ތާރީޚަށް ދޫކޮށްލެވުނު އިބްރަތެއްކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ރައީސް ޔާމީނަށް ގެއްލި، އެމަނިކުފާނުގެ ރިޔާސީ ހަޔާތް ނިމުމަކަށް ގެންނަން ވެއްޖެކަމަށް ޕީޕީއެމްއާ އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭތީ އިންތިހާބުގައި އިދިކޮޅު ތަމްސީލުކުރާނެ ކެންޑިޑޭޓަކަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ހޮވިފައިވާއިރު، މިއަދު މިވަނީ މުއިއްޒުގެ ކެންޑިޑެސީ ފޯމުވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައެވެ.

Ads by HDC
  1. ކަނބުލޮ

    ތިބޭފުޅާއަށް ވާނެގޮތެއް ތާރީޚްގައި ލިޔުން އަދި ކުރިޔަށް އޮތީ އިންޝާއަﷲ