ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ މޮޓޯއާއި އެއްގޮތަށް އަބަދުވެސް އިސްކުރާނީ ގައުމުކަަމަށް މުއިއްޒު ވިދާޅުވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މޮޓޯ "އެންމެ ފުރަތަމަ ގައުމު" އާއި އެއްގޮތަށް އަބަދުވެސް އިސްކުރައްވާނީ، ދިވެހި ގައުމު ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ބަދަލުހިފުމުގެ ރޫހެއް އެމަނިކުފާނުގެ ނެތް ކަމަށާއި އެއްވެސް ބަޔަކަށް އަނިޔާވެރި ނުވާނެ ކަމަށެވެ.

އަދި އަދުލުވެރިކަމާއި އިންސާފުވެރިކަމުގެ ތެރެއިން ކުރާ ގާނޫނީ ވެރިކަމެއް ކުރައްވާނެކަމަށާއި ގާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ހުރިހާ ކަމެއް ބަލާ ހައްގު އަދަބު ލިބެންޖެހޭ އެންމެންނަށް ހައްގު އަދަބު ލިބޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ ފަރާތްތަކުގެ މެދުގައި އަންނަ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އަންނަ ކަންކަން އެމަނިކުފާނުގެ ކިބައިން ފެނިވަޑައިނުގަންނަވާނެކަމަށާއި، އެމަނިކުފާނު ދައްކަވާ ވާހަކަފުޅާއި އާއި އަމަލާ އަބަދުވެސް ދިމާވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް އަބަދުވެސް ވަފާތެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް އަޅުގަނޑުގެ ހިތުގަ އާއި އަދި އަމަލީ ގޮތުން ވެސް އަޅުގަނޑުގެ ކިބައިން ފެންނަ ވަފާތެރިކަމާއި ލޯޔަލްޓީ އަކީ އަބަދުވެސް އޮންނާނެ ކަމެއް. ކުރިއަށް އޮތް ތަނުގައި ވެސް އޮންނާނެ ކަމެއް. އެކަމާ ޝައްކު ކުރާނެ މީހެއް ހީއެއް ނުވޭ ހުންނާނެ ހެނެއް. ހަމަ ޔަގީނުން ވެސް ރައީސް ޔާމީން އެކަމަކާ ޝައްކެއް ނުކުރައްވާ،" މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ 11 އަހަރުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގާނޫނީ ހަމަތަކުގެ ތެރެއިން މިނިވަން ކުރެއްވުންކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ މޮޓޯއަކީ "އެންމެ ފުރަތަމަ ޤައުމު" ކަމަށާއި އެމަނިކުފާނު ކުރެއްވި މަސައްކަތް އެގޮތުގައި ކުރިއަށް ގެންދަވާނެކަމަށެވެ.

މީގެ އިތުރުން، އިދިކޮޅުން ކުރާ ހުރިހާ ކަމެއް ވެސް ކުރައްވާނީ ޔާމީންގެ އިރުޝާދުގެ މަތިން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by HDC
  1. ިކިޔުންތެރިޔާ

    ޔާމީނުގެ މޮޓޯގަ ކަލޭ ހިފާ ކަމަށް ވަޔާ ކަލެޔަށް ވެރިކަން ދޭން ރައްޔިތުން ނޫޅޭ! ކަލެޔަށް ލިބެން ހުރި ވޮޓުވެސް ތި މަދުވީ.