ޚަބަރު ސިޔާސީ

މުޢިއްޒުގެ ދިފާއުގައި އިދިކޮޅު: އެންމެން ޖެހިލުންވާ ކެންޑިޑޭޓަކީ މުޢިއްޒު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑރ. މުއިއްޒު ރައީސް ޔާމީންގެ ކެނޑިޑެސީ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ވަޑައިގެން

ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންއިން ވާދަކުރައްވާ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެޖެންޓެއްކަމަށް ވިދާޅުވާ ވާހަކަތަކަށް އިދިކޮޅު މެމްބަރުން ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މުއިއްޒުއަށް ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އެގޮތުން މުއިއްޒު އަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ޞާލިހުގެ އެޖެންޓެއް ކަމަށާއި ނޫމަޑި މައްސަލައިގައި މުއިއްޒުގެ މައްޗަށް އުފުލި ދައުވާއިން ސަލާމަތްވީ ސަރުކާރު މެދުވެރިކޮށް ކޯޓަށް އަތްބާނައިގެން ކަމަށެވެ. އަދި ޕީޕީއެމްގެ ސެނެޓުގެ ތާއީދު މުއިއްޒު ހޯދީ ފައިސާ ދީގެންކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ މި ވާހަކަތަކަށް އިދިކޮޅު ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވަނީ ރައްދު ދެއްވައިފައެވެ.

އެގޮތުން ޕީއެންސީ ސެނެޓާ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ އަލީ އާޒިމްގެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

"ހަގީގަތަކީ ރައީސް ޔާމީން ފިޔަވައި މުއިއްޒު އަކީ ޕީޕީއެމްއާއި ދެކޮޅު އެންމެން، އެންމެ ޖެހިލުންވާ ކެނޑިޑޭޓު. ތިހެން ދައްކާ ވާހަކައަކުން ޕީޕީއެމް ބައިބައި ނުކުރެވޭނެ" މުއާޒު ވިދާޅުވިއެވެ.

މިމައުޟޫގައި ޕީޕީއެމް ސެނެޓާ މާލެ ސިޓީގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އަލީ އާޒިމްގެ ވާހަކަތަކަކީ މުއިއްޒުގެ އަގު ވައްޓައިލަން ރޭވިގެން ހިންގާ ކަންކަން ކަމަށެވެ. ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ރިވެތި ކެމްޕެއިނެއް ކުރުމަކީ އެދޭ ގޮތް ކަމަށާއި އެންޓި ކެމްޕެއިން ކުރުމަކީ ވަރަށް ހުތުރު ކަމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ނޫމަޑި މައްސަލައިގައި މުއިއްޒުގެ ދިފާއީ ވަކީލު އާދަމް ޝަމީމު ވިދާޅުވީ އެމައްސަލަ މުއިއްޒުގެ މައްޗަށް ސާބިތު ނުވީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށެވެ. އެގޮތުން މުއިއްޒު ދޮގު ބަޔާން ދިންކަމަށް ދައުލަތުން ބުނާއިރު އެކަން ދަންނާނެ ހެކިން ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.

"އެމައްސަލައިން ސަލާމަތްވާކަށް ތަނަކަށް އަތް ބާނަންޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑަށް އެނގޭ ކަމެއް ވީމަ އެމިންވަރަށް ދަންނަވާލީ" ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން ވަނީ އަލީ އާޒިމަށް ރައްދު ދެއްވައި މުއިއްޒު ދިފާއު ކުރައްވައިފައެވެ.

އަލީ އާޒިމްގެ ބޮޑެތި ތުހުމަތުތަކެއް މުއިއްޒުއަށް ރައްދުވިއިރު ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މުއިއްޒުއާއިމެދު ހިތްހަމަނުޖެހޭކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންނަށް ތާއީދު ކުރެވޭފަދަ ކެނޑިޑޭޓަކު ޕީޕީއެމްއިން ދައްކަން ރައީސް ނަޝީދު ރޭ އެދިވަޑައިގެންނެވިއެވެ.

Ads by HDC
  1. ރިޔާސީ ދައުރު ނިމެން ކާރިވީމާ ކޮންމެ ފަހަރު ސުޕްރިމް ކޯޓުން ފާޑެއްގެ ހުކުމެއް އެބަނެރޭ، އެފަހަރު ޖަލުގައި ތިބި ބަޔަކު ދޫކޮށްލަންް، މިފަހަރު ޖަލުގައި މީހަކު ބަހައްޓަން ؟