ޚަބަރު

ވެރިކަމަށް ނުހޮވުނު ކަމަށްވިޔަސް ސުޓޫޑެންޓު ލޯނުތައް މާފުުކުރެއްވުމަކީ ފާހަގަކުރުން ޙައްޤުކަމެއް: އަލީ ޒައިދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހިމް ވެރިކަމަށް ނުހޮވުނު ކަމުގައިވިޔަސް، އެމަނިކުފާނު ދެއްވާފައިވާ ހުރިހާ ސްޓޫޑެންޓް ލޯނެއް މާފްކޮށްދެއްވުމަކީ ފާހަގަކުރުން ޙައްޤުކަމެއްކަމަށް  ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖޭޕީގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޤާސިމް އިބްރާހިމް ވިދާޅުވީ އަންނަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރިޔަސް ނުކުރިޔަސް ދީފައިވާ ހުރިހާ ސްޓޫޑެންޓް ލޯނެއް މާފްކޮށްދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް ދަރިއަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

ޤާސިމް މިހެން ވިދާޅުވުމާއި ގުޅިގެން ޒައިދު ވަނީ އެމަނިކުފާނަށް މަރުޚަބާ ދަންނަވައި، އެއީ އާދަޔާ ޚިލާފު ބޮޑު ނިންމެވުމެއްކަމަށް ފާހަގަކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ އަމިއްލަ ގޮތުން 8،000 ދަރިވަރުންނަށް ކިޔަވަން އެކި އެހީތަކާއި ލޯނުތައް ދީފައިވާނެ ކަމަށާއި ނަމަވެސް އެ ދަރިވަރުންނަށް ދީފައިވާ ލޯނުތައް ވެސް މިހާރު މައާފުކޮށްފައިވާ ކަމަށެވެ.

“އެހުރިހާ ކުދިންގެ ހުރިހާ ލާރިއެއް އަަޅުގަނޑު މާފުކޮށްދިނީމޭ. ކޮންމެ ކުއްޖަކު ވެސް، އަދި މިހާރު ކިޔަވަމުންދާ ކުދިން ވެސް ކޯސް ނިމެންދެން ދީފައި ދީފައި ހުރި ހުރިހާ އެއްޗަކީ އެއީ މާފު. އެންމެ ކުއްޖަކު ވެސް ލާރިއެއް ވެސް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް” ޤާސިމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!