ދަރިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދެއްވުމަށްޓަކައި މައިންބަފައިން އަދާކުރާ ދައުރަކީ ތަޢުރީފު ހައްގު މަސައްކަތެއް: ޚުތުބާ

ދަރިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދެއްވުމަށްޓަކައި މައިންބަފައިން އަދާކުރާ ދައުރަކީ ތަޢުރީފު ހައްގު މަސައްކަތެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ" ތަޢުލީމާއި ތަރުބިއްޔަތުގެ މާތް ކަން "މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށް ކޮންމެ ދުވަހަކު ކުދިން ސްކޫލަށް ގެންގޮސް ގެނައުމަށް މައިންބަފައިން ކުރައްވާ ބުރަ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ.
އަދި ކުދިން ތަރުބިއްޔަކު ކުރުމަކީ ހުނަރުވެރި ބުރަ މަސައްކަތެއް ކަމަށާއި ފޮނި ނަތީޖާ ކުދިންނަށް ނެރެވޭނީ މަދަރުސާއާއެކު އެއްބާރުލުން ދީގެން ކަމަށާއި މުދައްރިސުންނަށް ހައްޤުވާ ޤަދަރާއި އިހްތިރާމް ދޭން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. އެމީހުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ވޮށްތަކެއް ކަމަށާއި ތަރުބިއްޔަރު ކުރުމުގެ ބުރަ މަސްއޫލިއްޔަތާއި ހަވާލުވެ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތް ކަމށް ހުތުބާގައި ބުންޏެވެ.