ޚަބަރު

ރައީސް ޔާމީނަށް އިއްވި ޖޫރިމަނާގެ އަދަބު ފަސްކުރުމަށް އަމުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި އިއްވި ޖޫރިމާނާގެ އަދަބު ފަސްކޮށްދޭން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

Ads by MWSC

ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ޖޫރިމަނާ ފަސް ކުރުމުގެ ބަހުސްގައި ދައުލަތުން މައްސަލަ ހުށަހެޅި ފަރާތުގެ އެއްވެސް ވާޤިއާއަކަށް ޖަވާބު ނުދޭ ކަމަށެވެ. އަދި ދައުލަތުން ވަކާލާތު ކޮށްފައިވަނީ ހުކުމް ތަންފީޒު ކުރުން ފަސް ނުކުރެވޭނެ ކަމާއި ގުޅޭގޮތުން ކަމަށް ވެސް ފަނޑިޔާރުންގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު އަދަބު ފަސްކުރަން އަމުރު ކުރެވެން ނެތް ކަމަށް މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އެއީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް ފަސް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައި ވުމުން ކަމަށް ބުނެފައިވެއެވެ.

ހައި ކޯޓުގެ އަމުރުގައި ބުނީ ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒުކުރުން ފަސްކުރުމާ ބެހޭ މަފްހޫމެއް އަދި އުސޫލެއް ނެތި، ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްފިނަމަ އޭގެ ނަތީޖާއަކަށްވާނީ ގާނޫނުގެ ހަމަހަމަކަން އެއްކިބާކޮށް، ގާނޫނު ނުދަންނަ އަދި ގާނޫނާ ބީރަށްޓެހި ގާއިދާއެއް ނިޒާމުގެ ތެރެއަށް ތައާރަފުކޮށް، އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށެވެ.

Ads by Allied Insurance
  1. ޤާނޫނެއްގައި ލިޔެފައި ނެތުމަކީ ހައްޤާއި މިނިވަންކަން ހިފަހައްޓާ މަހުރޫމް ކުރެވޭނެ ކަމެއްނޫން ، ޤާނޫނު އަސާސީގައި ބުނާގޮތުން ހައްޤާއި މިނިވަން ކަން ހިފެހެއްޓޭނީ ދެކަމަކަށް އެއްކަމަކީ އިސްލާދީނުގެ އަސްލަކާއި ހިލާފުވުން، ދެވަނަކަމަކީ އިސްލާމް ދީނުގެ އަސްލެއް ހިމާޔަށް ކުރަން، ބެއިލްގެ ނުވަތަ ކަފާލާތުގެ އުސޫލުން މުއްތަހަމް ދޫކުރުމަކީ އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ކަމެއްނޫން އެއީ ހުއްދަ ހައްޤެއް މުއްތަހަމަށް ލިބިގެންވާ، ޤާނޫނެއްގައި ލިޔެފައި ނެތޭ ކިޔާފަ ހައްޤުން މަހުރޫމަ ނުކުރެވޭނެ ! ޤާނޫނެއްގައި ލިޔެފައިވާ ހައްޤާއި ނުލިޔެވާ ހައްޤު ވެސް ހަމަހަމަވާނެ!