ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު، 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއިން ޤައުމު ދިފާޢު ކުރަން ނުކުތް ބަތަލު، ޝަހީދު ޙުސައިން އާދަމްގެ ޢާއިލާއަށް އިޙްތިރާމްގެ ޒިޔާރާތެއް ކުރައްވައިފިއެވެ.
ޝަހީދު ޙުސައިން އާދަމަކީ 3 ނޮވެމްބަރުގެ ބަތަލެވެ. ހދ ކުޅުދުއްފުއްޓަށް ކުރެއްވެވި ކެމްޕެއިން ދަތުރުފުޅުގައި މުޢިއްޒު ޙުސައިން އާދަމްގެ ޢާއިލާ އާއި ބައްދަލު ކުރެއްވުމުން، އެ ޢާއިލާއިން އެކަމަށް ޝުކުރު އަދާ ކުރިއެވެ.
މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ބޮޑުތިލަދުންމައްޗަށް ވަޑައިގެންނެވިއިރު، ކުޅުދުއްފުށިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ.
ޑރ މުޢިއްޒު ބޮޑުތިލަދުން މައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ހދ.މަކުނުދޫއަށް ވަނީ ވަޑައިގެންފައެވެ.
އެރަށަށް ވަޑައިގަތުމުން އެރަށުން ވެސް ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ. މުޢިއްޒު މިރޭ ވަނީ އިހަވަންދޫގައި ކެމްޕެއިން ޖަލްސާއެއް ވެސް ބާއްވަވައިފައެވެ.
މަކަރު މީހުން ވެސް އުޅޭ.