ޚަބަރު މީހުން ސިޔާސީ

ހޯޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮޖަހައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: އެފްބީ
ގދ. ހޯޑެއްދޫގެ އެމްޑީޕީ ޖަގަހައަށް ރޭގެ ވަގުތެއްގައި ބަޔަކު ކަޅުތެޔޮޖަހައި ގެއްލުންދީފިއެވެ.

ހޯޑެއްދޫގެ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވާއިރު މިއީ މިފަދަ ހަމަލާއެއް އެމްޑީޕީގެ ޖަގަހައަކަށް މި މަހުގެ ތެރޭގައި ދިން ދެ ވަނަ ފަހަރުކަން ފާހަގަކުރެވެއެވެ.

Ads by Hajj Corporation

ފޮޓޯ: އެފްބީ

އެގޮތުން މިދިޔަ ހަފްތާގައި ގދ. މަޑަވެއްޔަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ސްޓޭޖުގައި ވެސް ބަޔަކު ވަނީ ރޯކޮށްލާ އެތަނުގައި ހުރި ހުރިހާ އެއްޗަކަށް ގެއްލުންދީފައިވާއިރު ދަ ޑިމޮކްރެޓްސްގެ މާލޭގައި ހުންނަ ހަރުގެއަށްވެސް ވަނީ މީގެ ކުރިން ކަޅުތެޔޮ ޖަހާފައެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެއް ޕާޓީގެ ބަޔަކު އަނެއް ޕާޓީގެ ބަޔަކާ ޖެއްސުން ކުރުމަށް ކަޅުތެޔޮޖަހައި ތަންތަނުގައި ހުޅުޖަހައި ރޯކުރުމަކީ ރާއްޖޭގައި ކޮށްއުޅޭކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!