ޚަބަރު ސިޔާސީ

އަޅުގަނޑުގެ ވެރިކަމެއްގައި ވަޅިހެރުމާއި، ކަނޑި ހޫރުމާއި ކަތިވަޅިއެއް ނުގެންގުޅެވޭނެ: އުމަރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި ވަޅިހެރުމާއި، ކަނޑި ހޫރުމާއި ކަތިވަޅިއެއް ނުގެންގުޅެވޭނެކަމަށް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އުމަރުގެ ވެރިކަމެއްގައި ރާއްޖޭގެ މަގުތައް އަމާންވެގެންދާނެކަމަށާއި، މަގުމަތީގައި މަސްތުވާތަކެތި ވިއްކުމާއި، ވަޅިހެރުމާއި، ކަނޑި ހޫރުމާއި، ކަތިވަޅިއެއް ނުގެންގުޅެވޭނެކަމަށް ވިދާޅުވީ ޓީވީއެމްގެ "ރިޔާސީ ކެންޑިޓުންނާ އެކީ" ގެ ޕްރޮގްރާމްގެ މެހުމާނެއްގެ ގޮތުގައި ރޭ ބައިވެރިވަޑައިގެން އާންމުންގެ މީހަކު ފޯނުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެފަދަ ކަންކަން ކޮންޓްރޯލް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން އުމަރު ވިދާޅުވީ، ރާއްޖޭޣެ މަގުތައް އޭރުން ވާނީ އަމާން މަގުތަކަކަށް ކަމަށާއި، މީހުންގެ ދަރީންނަށް ފަސޭހަކަމާއެކު ހިނގާލާ ބިގާލާ އުޅޭވޭނެކަމަށާއި އެ ދަރިންނާ ދިމާލަށް މަސްތުވާއެއްޗެހި ވިއްކާކަށް މީހުންނަށް ނާދެވޭނެކަމަށެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތުގައި ހުރި މުހިންމު ހުކުމްތައް ތަންފީޛުކުރެވިގެންދާނެކަމަށާއި މީހުން މަރައިފިއްޔާ ގިޞޯޞް ހިފޭނެކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ ރާއްޖެ އަމާންތަނަކަށް ވުމުގެ އިތުރުން އިގްތިސާދީގޮތުންވެސް ކުރިއަރާފައިވާ ތަނަކަށް އެދުވަހަކުން ވާނެކަމަށެވެ.

އެގޮތުން، ރާއްޖޭގެ އެންމެ އުތުރުގައި ޓްރާންސްޝިޕްމަންޓު ބަނދަރަކާއި ރާއްޖޭގެ އެންމެ ދެކުނު ފްރީ ފްރެއިޓް ބޯޓް ޒޯނެއް އައްޑޫ އަތޮޅުގައި ގާއިމުުކުރައްވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އެއްކޮށް ޑައިވާސިފައި ކުރައްވާނެކަމަށާއި އެދުވަހަކުން ރާއްޖޭގެ އިޤްތިޞާދު ބިނާވެގެންވާނީ ހަމައެކަނި ޓޫރިޒަމަށް ނޫންކަމަށާއި އެހެން އިންޓަސްޓްރީތައްވެސް އޭގެ ތެރޭގައި ހިމެނޭނެކަމަށް އުމަރު ވިދާޅުވިއެވެ.

  1. މަސްއޮޑި ލުއްޗާ

    ބަލަ ކަލޭ ހޮވަނީ ކާކުތަ! �

  2. ވިސްނާށޭ

    ހަމަ ރަގަޅު. ކާމިޔާބަށް އެދެން.

  3. ވިސްނާށޭ!

    ހަމަ ރަގަޅު. ކާމިޔާބަށް އެދެން.