ޚަބަރު ސިޔާސީ

އަޅުގަނޑު ގޯޯސްވަނީ ސަރުކާރުތަކުން ކުރާ ބައެއް ކަންކަމަށް ނޫނެކޭ ބުނާތީ: ޤާސިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީ(ޖޭޕީ)އިން ކޯލިޝަން ހަދައިގެން އެކުލަވައިލާ ކޮންމެ ސަރުކާރަކުން ވެސް އެޕާޓީއާ ދެކޮޅު ވަނީ ސަރުކާރުން ކުރާ ކޮންމެ ކޮންމެ ކަމަކާމެދުގައި ނުރުހޭތީ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޤާސިމް މިފަދައިން ވިދާޅުވީ ޖޭޕީގެ ރިޔާސީ ކެމްޕެއިނުގައި ށ.ގޮއިދޫއަށް ވަޑައިގެން އެ ރަށުގައި ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. ކޮންމެ ސަރުކާރެއް ވެސް އަންނަނީ ޖޭޕީގެ ހިއްސާއާއި އެކުގައިކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، 2013 ވަނަ އަހަރުގައި ޖޭޕީން އޭރު ޕީޕީއެމާއެކު ހެދި ކޯލިޝަން ރޫޅައިލަން ޖެހުނީ ދައުލަތުގެ ފައިސާއަށް ސަރުކާރުން ހިޔާނާތްތެރިވާތީ ކަމަށެވެ.

އަދި މިއަދު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ދެބައިވެ، މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި ކޮރަޕްޝަންގެ ތުހުމަތުތައް ސަރުކާރަށް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބަލަ ނޫނެކޭ ބުނާނެ ނޫންތޯ، ޤާނޫނު އަސާސީ އާއި، އިސްލާާމްދީނާއި، މިނިވަންކަމާ ތޮޅެން ފެށީމާ. އެއެއް ބަލާނުލާ، މިއެއް ބަލާނުލާ، ހަމަ ކޮންމެހެނެއް ހަދައިގެން ވެސް ވެރިކަމަށް ދެވަނަ ފަހަރަށް އަންނަން ބޭނުންވީމާ."

ޤާސިމް އިތުރަށް ވިދާޅުވީ ޤާނޫނު އަސާސީއާއި އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތޭނަމަ، ދެވަނަ އަދި ހަ ވަނަ ދައުރެއްގައި ވެސް ވެރިކަން ކުރައްވަންވީ ކަމަށާއި، އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

Ads by Allied Insurance
  1. އިއްބެ

    ﷲަޅުކުއްޔައްނެގީރިސޯޓުހަދަންގޯސްވަނީފަޅުކުއްޔައްނަގައިފައިވިއްކާލާތީ