ޚަބަރު ސިޔާސީ

ކުޑަދޮރުން ބަލާއިރު ފެނޭ، ބްރިޖް އަޅަން އުޅޭތަން: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ބްރިޖު ނޭޅޭތީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ރިޔާސީ ކެމްޕެއިނުގައި މިއަދު ހުޅުދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، ހުޅުދޫގެ ރައްޔިތުން ވެސް ބްރިޖެއް ހިތަދޫ އާއި ގުޅުވައި ބްރިޖެއް އަޅަން ބޭނުންވާއިރު، އެކަން ކުރެވޭނީ، އެކަން ކުރެވޭވަރުގެ ބަޔަކާއި ޙަވާލު ކުރުމުން ކަމަށެވެ.

"އާދެ، ރައްޔިތުން ޙަޤީޤަތުގައި ވެސް އެބަޖެހޭ ގޮތެއް ނިންމައިދޭން، ބްރިޖް އަޅާ ބަޔަކާ ޙަވާލު ކުރީމަ ދޯ އެކަން ވާނީ؟ އަޅުގަނޑުމެން ގޭގައި، ކޮންމެ ދުވަހަކު ކުޑަދޮރުން ބަލާއިރު ފެނޭ ބްރިޖް އަޅަން އުޅޭތަން."

މުޢިއްޒު ވިދާޅުވީ ކޮންމެ ދުވަހަކުވެސް، ބްރިޖަށް އިތުރު ތަންކޮޅެއް އިތުރުވާނެ ދުވަހަކާއިމެދުގައި ހިތުގައި ސުވާލު އުފެދޭ ކަމަށެވެ. މުޢިއްޒު ވިދާޅުވީ، ބްރިޖުގައި އަދި އިނީ ތިން ހޮޅިދަނޑި ކަމަށެވެ.

"އެގޮތަކަށް ނޫން ރައްޔިތުންނަށް ތަރައްޤީ ގެނެސްދޭން ޖެހޭނީއެއް، މިއީ ވަރަށް ސީރިއަސް ވާހަކައެއް." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުން އެދޭ ތަރައްޤީ ގެންނާނެ ގޮތް، ރައީީސް ޔާމީން ވަނީ ދައްކުވައިދީފައި ކަމަށެވެ.

 

Ads by Ooredoo
  1. ލާތިވޭ

    ކެތްތެރިވޭ އަދި ފެންނާނެ ބުރިޖް. ހުޅުމާލު ބުރިޖް ފެނުނީ ކުއްލިޔަކަށްތޯ.