ޚަބަރު ސިޔާސީ

މި ތަޖުރިބާ ކުރަނީ ރާއްޖޭގެ ތާރީހުގަ ދުށް އެންމެ އަނިޔާވެރި ނުބައި ނުލަފާ ވެރިކަން: އަދުރޭ 

ރައުފާ ރަޝީދު ، ދެން އޮންލައިން

މިހާރު ތަޖުރިބާ ކުރަމުން މިދަނީ ރާއްޖޭގެ ތާރީހުގަ ދުށް އެންމެ އަނިޔާވެރި ނުބައި ނުލަފާ ވެރިކަން ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ޕީޕީއެމް ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެންޕެއިނަށް ށ. މިލަންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މީހަކާ ވެރިކަން ހަވާލު ކުރިޔަސް އެ ވެރިކަން ކުރެވޭނީ ވެރިކަމަކީ ކޮންމެ ކަމެއްކަން އެނގިގެން ކަމަށެވެ.

އަދި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަކީ ކޮބައި ކަމާއި ރައްޔިތުން ހަވާލުކުރާ އަމާނާތަކީ ކިހާ ވަރެއްގެ އަމާނާތެއް ކަން ވެރިކަން ކުރާ މީހަކަށް އިނގެން ޖެހޭ ކަމަށާއި އެ އަމާނާތް އަދާކުރަން ނޭނގޭ މީހަކަށް ވެރިކަމެއް ދިނަސް ނުކުރެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ވެރިކަން ކުރެވޭނީ ވެރިކަމުގެ ހައިބަތާއި އޭގެ މުހިންމު ކަމާއި މިހުރިހާ ކަމެއް ރަނގަޅަށް ވަޒަން ކުރެވޭ މީހަކާ ވެރިކަން ހަވާލު ކުރީމަ. އެކަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ 2013 އިން 2018 އަށް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ 2018 އިން ފެށިގެން ރައޔިތުން ތަޖުރިބާކުރަމުން މިދަނީ ރާއްޖެގެ ފަހުގެ ތާރީހެއްގައި ދުށް އެންމެ އަނިޔާވެރި, ހިތްދަތި, އެންމެ ނުބައި, ނުލަފާ ވެރިކަން ކަމަށެވެ. އަދި މި އަނިޔާވެރިކަމުން ސަލާމަތްވާން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ މުޢިއްޒު ވެރިކަމަށް ގެނެސްގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

  1. ބޮޑުބެ

    ކަލޯ ދެލޮލަށް ކަޅުތެޔޮއެޅިފަހުރީމަޔާމީނާއެކި ބައިވެރިވެހިންގި ޖަރީމާތަށް ނުފެނުނީ އެޖަރީމާތަކުގަ
    100% ބައިވެރިވެފަހުރީތީވެ!

    • ހޮކޭޑް

      ދިވެހިގައުމުގެ އެންމެން ވިސްނާ ފިކުރުކޮށްބަލަ. އަހަރުމެންނަށް ކަންކަން އޮޅުންފިލުފައިދޭން އިދިކޮޅުގައި މިހިރަ މީހާއަކީ ކިހާފެންވަރެއްގެ މީހެއްކަން ނޭގެނީބާއޭ ހިތައްއަރާ. މީނާއުޅެ ބޮޑުވީ ރަށުވަލުތެރޭގައި ކުޑައިރުއްސުރެ ވަންކަންކުރުމާއި، މަރާމެރީ ހިންގުމާއި މިހެންގޮސް ހެއްދެވި ހުރިހާ ނުބައިކަމެއް ކޮށްއުޅުނު މީހަކު ރައްޔިތުން ގުބޯހައްދާކަމީ ވަރަށް ދެރަކަމެއް. މީނާގެ ތައުލީމީ ފެންވަރަކީ ދިޔަ ސްކޫލެއް މިއުޑުދަށުގައިވެސް ނެތުން.

  2. ޓިނުބާލާ

    މިރާއްޖެ ދުއް އެންމެ ބޮޑު ވަގު އެއޮތީ ޖަލުގައި.