ޚަބަރު ސިޔާސީ

ފަސް އަހަރުން މަގެއް ނުހެދުނު ބަޔަކަށް އެޅޭނީ ކޮން އެއާޕޯޓެއް؟: އަބްދުއްރަހީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަސް އަހަރުން މަގެއް ނުހެދުނު ބަޔަކަށް އެޅޭނީ ކޮން އެއާޕޯޓެއްތޯ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ސުވާލު ކުރައްވައިފިއެވެ.

Ads by Hajj Corporation

ށ.މިލަންދޫގައި މިއަދު ސަޕޯޓަރުންނާއި ބައްދަލުކުރައްވައި، ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް އެންމެ 17 ދުވަހަށް ވެފައިވާއިރު، ވާހަކަ ގިނަ ނުކޮށް ޢަމަލު ގިނަ ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ބައެއް ވާހަކަތައް ދަންނަވައިލަން ޖެހޭ ކަމަށް ވިދާޅުވެ، ދެން ވިދާޅުވީ މިލަންދޫގެ ރައްޔިތުން ވޯޓު ދޭން ޖެހޭ ކެންޑިޑޭޓް ވަރަށް ސާފު ކަމަށެވެ.

"ފަސް އަހަރުން މަގެއް ނުހެދުނު ބަޔަކަށް ކޮން އެއާޕޯޓެއްތޯ އެޅޭނީ، ކޮން ރިސޯޓެއްތޯ ހެދޭނީ؟  ވަޒީފާ އުފެއްދޭނެތޯ؟ ތަރައްޤީ ކުރެވޭނެތޯ؟" އޭނާ ސުވާލު ކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ ދެމެހެއްޓޭނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ކަމަށާއި، އެމަނިކުފާނަކީ 21 ޤަރުނުގެ ތަޢުލީމާއި، ޤާބިލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

 

 

Ads by Ooredoo
  1. މުހަންމަދު

    ފާއަުވި ހުރިހާ ސަރުކާރެއްގަ ތަރއްގީކުރީ މާލެ. މިފާއިތުވެދާ ފަސްއަހަރު ތަރައްގީކުރަނީ މުޅިރާއްޖެ. ވާނުވާ އޮޅުންފިލުވަން ތިބޭފުޅާގެ އަމިއްލަ އަތޮޅާއި ރަށު މީިުނކާރިން އަހާ ސާފުކޮށްލުން .ރަނގަޅުވާނ

  2. ގާތުގައި

    އިބޫ ހޮވިއްޖެއްޔާ ހުރިހާ ރަށެއްގެ ގެތަކުގެ ފުރާޅުގެ ޓިނު ބަދަލުކޮށް ދޭނެކަމަށް އުންމީދުކުރަން. އެކަމަކު ޓިނުތައް ވަގަށް ނުނެގޭވަރަށް ވަރުގަދަކޮށް ހަދައިދިނުން އެދެން.