ޚަބަރު

މުއިއްޒުގެ ވައުދު: ހުރިހާ ޕާކިން ޖޫރިމަނާއެއް މައާފުކޮށްދޭނަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤަވާއިދާ ޚިލާފަށް ބަހައްޓައިގެން ޕާކިން ސްޓިކާ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މުއިއްޒު މިހެން ވިދާޅުވީ, މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފުނަދުއަށް ވަޑަައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުންނެވެ.

މުއިއްޒު ވިދާޅުވީ ޕާކު ކުރާނެ ޖާގައެއް ނުދައްކައި ޕާކިން ސްޓިކާ ނުޖެހުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި ނަމަވެސް ވައުދު ނުފުއްދައި މި ސަރުކާރުން އާމްދަނީ ހޯދަނީ ޕާކިން ސްޓިކާ ޖަހައިގެން ހޯދާ ޖޫރިމަނާ އިން ކަމަށެވެ.

މި ސަރުކާރަށް އެންމެ ގިނައިން ފައިސާ ލިބެނީ ޖޫރިމަނާއިން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ޖޫރިމަނާތައް އެކީގައި މާފުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

"ސްޓިކާ ޖަހާ ޖަހާ ކޮންމެ ޒުވާނެއްގެ ބޮލަށް އެބައޮތް އެތައް ހާސް ޖޫރިމަނާ އަރާފައި އެބައޮތް،" މުއިއްޒު ވިދާޅުވިއެވެ.

އަދި މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރަން މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެއް އަޅައި ގަރާޖު ސިޓީއަށް ސަލާން ޖަހަން ޖެހުން ހުއްޓުވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ގަވާއިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތަކުގައި ޕާކިން ސްޓިކާ ޖަހަަމުންދާތީ މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. އެކަމާ ގުޅިގެން ޓްރާންސް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޕާކިން ސްޓިކާ ޖަހަނީ ގަވާއިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލް ތަކުގައި އެކަނި ކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo
  1. ކިހާ ބޮޑުކަމެއް

    ވޯޓު ހޯދަން އެއްމެ ފަހުފަހަރު ޔާމީނު އުޅުނުގޮތް ދަސްކޮށްގެން ހިތައް އަންނަހާ ކަމެއްކުރަން ވަޢުދު ވައްޏާ ލިބޭނީ ހަމް ލަނޑު. ހިތައް އެރިހާ ގޮތަކަށް ޕާކުކުރަން ހިތްވަރު ދޭންޖެހޭހާ ދަށު ދަރަޖައަށް ވެއްޓުނީދޯ!

  2. ހެހެހެ

    މިހާރުވެސް ސިޓީކައުންސިލަށް މާފުކުރެވޭނެ! ކާކަށް އޮޅުވާލަންބާ ތިއުޅުއްވަނީ!؟؟