އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުގައި އިއްޔެ ނ. ކެނދިކުޅުދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ އެއްހާސް ނިއުމަތަށްވުރެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު މުހިންމު ކަމާއި އެކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާކަމަށެވެ.
ޤާސިމް ވިދާޅުވީ ކޯލިޝަންގެ ގޮތުގައި ސަރުކާރާއެކު އޮވެ، މަސައްކަތެއް ކުރާނަމަ، އެކަން ކުރަންވާނީ ކޯލިޝަން ޕާޓީތަކާއި މަޝްވަރާކުރުމަށް ފަހުގައިކަމަށެވެ. އަދި މި އުޞޫލުން ކަންތައްތައް ނުދާނަމަ ދެވަނަ ދައުރަކަށް ސަރުކާރު ހޮވަން ނުޖެހޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.
"އެއްހާސް ނިއުމަތަށްވުރެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު މުހިންމު. އެކަން ވިސްނޭތީ މި ދަންނަވަނީ. ތަރައްޤީ އާއި ތަހުޒީބާއި ތަމައްދުނު ގެނެވޭނީވެސް ލިބޭނީވެސް، ތަރައްޤީގެ އޮކްސިޖަންއަކީ މިނިވަންކަމައި އިސްތިޤުލާލު"
ޤާސިމް ވަނީ ވެރިކަމަށް ހޮވާއިރު މުހިންމީ ވަކި ޕާޓީއެއްގެ މީހެއް ހޮވުން ނޫންކަމަށާއި މުހިންމީ ވެރިކަމަށް ނެރެ ދައްކާފައި ހުންނަމީހާކަމަށް ގޮވާލާފައެވެ.
އެމަނިކުފާނު ސިފަކުރެއްވިފައި ގޮތުގައި އަމިއްލަ އެދުމުން ފޯވެފައިވާ ދައުލަތުގެ ވެރިންނަކީ މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ.
"މައްސަލައަކީ ވެރިކަމަށް އަންނަ ބައެއްގެ ހުރި ހަސްފަސް ނެތްކަން. ދޯދިޔާކަން. ގައުމިއްޔަތެއްގެ ރޫހު ނެތްކަން. ވަތަނިއްޔަތެއް ނެތްކަން. ކޮންމެހެން ހަދާފައިވެސް ބާރުވެރިކަމުގައި ހުންނަން ބޭނުންވުން. އަމިއްލަ އެދުން. އަނެކާއާމެދު ވިސްނުމެއްނެތް"
ޤާސިމްގެ މެނިފެސްޓޯގެ ރާއްޖޭގެ ސަރަޙައްދާއި މިނިވަންކަން ހިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރޭގައި ބޭރުގެ އެއްވެސް އަސްކަރީ ބޭސް އެއް ޤާއިމްކުރުމުގެ ފުރުޞަތު ނުދިނުމާއި، އިޓްލޮސް އިން ނިންމި ނިންމުމާއެކު ރާއްޖެއިން ގެއްލުނު ބައި އަނބުރާ ހޯދުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމަށް ޖާސޫސީ އިދާރާއެއް ޤާއިމްކުރުމާއި، އިންޓެލިޖެންސް ޤާނޫނެއް ތަޢާރަފްކުރުމާއި، ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި، ރާއްޖޭގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އެއާފޯސްއަކާއި އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ނޭވީއެއް އުފެއްދެވުމާއި، ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޯޑަރު ސަރަހައްދު ބެލެހެއްޓުމާއި އަދި ރާއްޖޭގެ އެތެެރެއާއި ބޭރުން ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅާނެ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ.
މިހުރާދުވަހުއޮކްސިޖަންއެމީހަކުއަތުޖެނުތަނަކުންއަމިއްލަޖީބަށްކަހާލިބައިގާ ގާސިމުބޭ ވެސްހިމެނޭ