މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވަން ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން: ޖަމީލް
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަން ވަޑައިގަންނަވާނީ ކުރީގެ ރައީސް ޔާމީންއާ ދެބޭފުޅުން އެކުގައި ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް ކޮށްގެން އުޅެނީ ނުހައްގު ހަރާމް ހުކުމެއް ކަމަށެވެ. އަދި މުއިއްޒު ވެރިކަމަށް ވަޑައިގަތަސް ރައީސް ޔާމީން މިނިިވަން ނުވާނެ ކަމަށް ރިޔާސީ އިންތިހާބުގައި އެމްޑީޕިގެ ފަރާތުން ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ މުހައްމަދު ދިދީ ވިދާޅުވެފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވެފައިވަނީ މުއިއްޒު އިންތިހާބު ކާމިޔާބުކޮށްފި ނަމަ ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށެވެ. އެއީ ރައީސް ޔާމީން މިނިވަން ވެއްޖެ ނަމަ ޕީޕީއެމުން މަޖިލީހަށް ނިކުންނަވާނެ ކަމަށާއި ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބޭނެތީ ކަމަށް މާރިޔާ ވިދާޅުވިއެެވެ.
މިކަމާއި ގުޅިގެން ޖަމީލް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މުއިއްޒު ހުވާކުރެއްވުމަށް ވަޑައިގަންނަވާނީ ރައީސް ޔާމީން އަތްޕުޅުގައި ހިފަހައްޓައިގެން ކަމަށެވެ.
"ޑރ. މުއިއްޒު ހޮވުމާއެކީގައި ޑރ. މުއިއްޒު ހުވާކުރުމަށް ވަޑައިގަންނަވާނީ ރައީސް ޔާމީން އަތްޕުޅުގައި ހިފަހައްޓަވައިގެން. އެކަން ކުރެވޭނެ. އެކަން ކުރަން ޖެހޭ." ޖަމީލް ވިދާޅުވިއެވެ.
ކަލޭ މޮޔަގޮވުން ހުއްޓާ ނީކޮންއިރަކުން އިންޝާﷲ މުއިއްޒު ނުހޮވޭނެ
މުއިއްޒުމެންނަށް ހާދަ ކަމެއް ކޮށްދެއްވާފަ ހުރި ބޭފުޅެކޭ ޔާމީނަކީ. މުއިއްޒުގެ 15 ބުރީގެ ގެ ބަލާބަލަ. ކީއްވެ އަތުގަ ހިފައިގެން ނުދާންވީ.