ރިޕޯޓް

އެޗް.ޕީ.އޭ އަށް ރައްޔިތުން ކުރި އިތުބާރު ގެއްލި އަތަށް ގޮވަނީ ބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަން މި ކުޑަކުޑަ ދިވެހިރާއްޖެއަށް ވެސް ފޯރާފައިވާއިރު،  މި ބަލިމަޑުކަމުގެ ޝިކާރައަކަށް ދިވެހިރާއްޖޭގެ އެތަކެއް ރައްޔިތުން މިވަނީ ވެފަ އެވެ. މިބަލި ފެތުރުނަ ނުދިނުމަށްޓަކައި، ސިއްޙީ ޚިދުމަތްތެރިން މި ހުރިހައި ދުވަހު ކުރި މަސައްކަތަކީ ދުލާއި ޤަލަމުން އަގުވަޒަން ނުކުރެވޭފަދަ އަގުހުރި މަސައްކަތްތަކެއްކަން ގައިމެވެ.

Ads by Hajj Corporation

މި ބަލި ފެތުރުނަ ނުދިނުމަށް ޓަކައި އެންމެ އިސް ދައުރެއް އަދާކުރި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ މަސައްކަތްތަކަށް މި ހުރިހައި ދުވަހު ތަޢުރީފުގެ ބަސްތައް ވަނީ ލިބިގެން ގޮސްފައިއެވެ. އެތައް ރައްޔިތުންނެއްގެ އިތުބާރު އެޗްޕީއޭ އިން ވަނީ ހޯދާފައެވެ. އެހެން ނަމަވެސް މިއަދު މި މަންޒަރު ވަނީ ބަދަލުވާން ފަށާފައިއެވެ. އެޗް.ޕީ.އޭ އަށް ރައްޔިތުން ކުރަމުންއައި އިޙްތިރާމް އަދި އިތުބާރު ގެއްލުވާލީ ދެވަނަ އެހެން ތަނަކުން ނޫނެވެ. ހުދު މި އެޖެންސީންކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެވެ.

ރާއްޖެއިން ފެނުނު ފުރަތަމަ ކޯވިޑް-19 ގެ ކޭސްއާއި އެކު މުޅި އެޗް.ޕީ.އޭ އެލަރޓް އަށް ގެނެވި، ސަލާމަތީ ގޮތުން އަޅަންޖެހޭ ކަންކަން ދިޔައީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެވޭ މީހުން ކަރަންޓީނު ކުރުމަށް އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ނުހަނު ފުރިހަމަ ކަމާއެކު ދިޔައީ ކުރަމުންނެވެ. އެއާއެކު ރާއްޖޭގެ ބޯޑަރުން އެތެރެ ވުމާއިއެކު އަންނަ މީހުންގެ ސިއްހީ ހާލަތު ބަލައި ދެނެގަނެ އެކަމާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ ކަމާއެކު ދިޔައީ އަޅަމުންނެވެ.

އެގޮތުގެ މަތީން ރާއްޖޭގެ ވެރިރަށް ފުރަ މާލެއިން ފެނުނު ކޮވިޑް-19ގެ ކޭސްއާއި އެކު ދިވެހީންގެ ތެރޭގައި މި ބަލި ފެތުރުމުގެ ބިރު ދިޔައީ އިންތިހާއަށް ބޮޑުވެގެންނެވެ. ދުވަހެއް ދުވަހަކަށް މާލެއިން ފެނުނު ކޭސްތަކުގެ އަދަދު އިތުރުވަމުން ދިޔައިރު އެޗްޕީއޭގެ ހަރަކާތްތައް ފެނުނީ ނުހަނު ތަރުތީބު ކަމާއި އަދި އެހާމެ އަވަހަށް ކަންކަން ބަލާ ހެދި ތަނެވެ. އެގޮތުން ފައްސިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ދިޔައީ ކުރިއަށެވެ. އަދި އެމީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް އެޗްޕީއޭގެ އާރް.އާރް.ޓީގެ ބުރަ މަސައްކަތާއެކު ވަނީ ކޮށްފައެވެ.

މި ހުރިހާ ކަމެއް މިގޮތުގައި ކުރަމުން ގޮސް މާލޭ ސަރަހައްދުގެ ފުރަބަންދަށް ދިން ލުއިތަކާއިއެކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދިޔައީ ކުއްލިއަކަށް އިތުރުވެގެންނެވެ. ސިއްހީ ހިދުމަތްތެރިން ކުރަމުން ދިޔަ މަސައްކަތް އިންތިހާއަށް އިތުރުވެ އެ ބޭފުޅުންނަށް ނުކަތާ ވަރަށް ކޭސްތައް ދިޔައީ އިތުރުވަމުންނެވެ. އެހާ ތަރުތީބުކޮށް ކުރަމުން ދިޔަ މަސައްކަތްތައް މިއަދު ވަނީ މުޅިން ބަދަލުވެފައެވެ. ގިނަ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯދި އެޗްޕީއޭ އާއި ދިމާލަށް ރައްޔިތުން މިއަދު ނުގޮވާކަށް އެއްޗެއް ނެތެވެ. ސުވާލަކީ އެޗްޕީއޭ އަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލުނީ ކޮން ސަބަބަކާހުރެ ބާވައެވެ؟

މީހަކު ކޮވިޑް-19 އަށް ފައްސިވެ އެތައް ދުވަހެއް ފާއިތުވެގެން ދާއިރުވެސް  އެ ނިކަމެތި ރައްޔިތު މީހާ ކަރަންޓީން ފެސިލިޓީއަކަށް ނުގެންގޮސް ބެހެއްޓުމަކީ ޒިންމާދާރު އަމަލެއްތޯ ރައްޔިތުން މިއަދު ސުވާލު އުފައްދައެވެ. ކޮވިޑް-19 އަށް ފައްސިވުމުންވެސް އާއިލާގެ ގާތުގައި އެއްތަނެއްގައި އުޅެން ޖެހުމުން ހާސްކަން ކޮންމެ މީހެއްގެ ބޮޑު ވާނެ ކަން ޔަގީނެވެ. ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ދެން އެ ބަލިމީހާ އިތުރަށް ނަފްސާނީ ގޮތުން ބަލިކަށިވެއެވެ. ނަމަވެސް މިއީ ހަމަ ކަން ހިނގާ ގޮތެވެ. އެތައް ދުވަހެއް ވެގެން ދާއިރުވެސް ފެސިލިޓީއަށް ގެންދިއުމަށް ނުގުޅާ ހުރުމަކީ މިއަދު އާންމު ކަމަކަށް މިވަނީ ވެފައެވެ.

ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްވެސް ގުޅާނެ ކަމަށް  ބުނެ އެތައް ދުވަހެއް ވާއިރުވެސް ނުގުޅުމަކީ ނިކަމެތި ރައްޔިތުންނަށް އިންސާފުވެރި ކަމަކަށް ވޭތޯ އެތައްބަޔަކު މިއަދު ދަނީ ސުވާލު އުފައްދަމުންނެވެ. އެތައް ދުވަހެއް ވެގެންދާއިރުވެސް ފައްސިވީ މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވީ މީހުންނަށް އެޗްޕީއޭގެ ފަރާތުން އިރުޝާދު ނުދެވިފައި އެބަހުއްޓެވެ. އެހެން ކަމުން މިހާރު ކޮންޓެކްޓް ޓްރޭސިންގ ވެސް ހަދަން މިޖެހެނީ އަމިއްލަ އަށެވެ.

ކޮވިޑް-19އަށް ފައްސިވުމުން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގައި ކުރިން އެހާ އަވަސް ހަރަކާތްތަކެއް އެ ގެންގުޅުނު އެޗްޕީއޭ އިން މިއަދު މީހަކު ފައްސިވުމުން ވެސް ކަރަންޓީނު ފެސިލިޓީއަށް ނުގެންގޮސް އެތައް ދުވަހެއް ވާންވީ ކޮން ސަބަބަކާހުރެ ބާވައެވެ. ދާދި އިހަކަށް ދުވަހު އަޑު އިވުނު ވާހަކަ އަކީ ކޮވިޑް-19 އަށް ފައްސިވީ މީހަކު ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމަށް ގުޅީ އެމީހާގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ދަނިކޮށް ކަމުގައެވެ. ބައްލަވާ، މިއީ ބޮޑުވަރު ނޫންތޯއެވެ؟ އެޗްޕީއޭގެ ފަރުވާކުޑަކަމާ ހެދި މި ލޮބުވެތި ވަތަނުން އެތައް ފުރާނައެއް ގެއްލިގެން ދިއުމަށް އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަން ގައިމެވެ.

އަދިވެސް އިތުރު ވާހަކައެކެވެ. ކޮވިޑް-19 އަށް ފައްސިވެ 18 ދުވަސް ވީއިރުގައި ވެސް ކަރަންޓީނު ފެސިލިޓީއަށް  ނުގެންގޮސް ހުރި ޒުވާނެއް ވެސް ވަނީ އޭނާގެ ވާހަކަ މީޑިއާ އާއި ހިއްސާ ކޮށްފައެވެ. އޭނާ ބުނީ ފެސިލިޓީއަށް ނުގެންގޮސް ގިނަ ދުވަސް ވުމުން އެޗްޕީއޭއަށް ގުޅުމުންވެސް ޖަވާބުދާރީ ވެފައި ނުވާ ކަމަށެވެ. މިފަދަ ސީރިއަސް ހާލަތެއްގައިވެސް ރައްޔިތުންނާމެދު ކަންތައް ކުރަންޖެހޭ ގޮތަކީ ހަމަ މިއީ ބާވައެވެ؟ "ދެވަނަ ފަހަރަށް ގުޅަން މަސައްކަތް ކުރުމުންވެސް ފޯނެއް ނުނަގާ، ތަކުރާރުކޮށް އެތަށް ފަހަރަކު އެޗް.ޕީ.އޭ އަށް ގުޅުނު" އެޒުވާނާގެ ހުރިހައި ޝަކުވާއެއް ވަނީ ބަންޑުން ކޮށްލާފައި އެވެ.

މީގެ އިތުރުންވެސް ގިނަ ބަޔަކު އަންނަނީ އެޗްޕީއޭގެ ފަރުވާ ކުޑަކަމުގެ ވާހަކަ މީސްމީޑިއާގެ ވިއުގަތަކުގައި ދައްކަމުންނެވެ. އެކި އާއިލާތަކާމެދު ކަންތައް ކުރަމުން ގެންދާ ފަރުވާކުޑަގޮތް އެމީހުން ދަނީ މީސްމީޑިއާ މެދުވެރިކޮށް ކިޔައިދެމުންނެވެ. ކަމެއް ނުވަނީސް މިހާ ގިނަ ފާޑުކިޔުންތައް އެޗްޕީއޭ އަށް ކުރިމަތި ނުވާނޭ ކަން ގައިމެވެ.

ހަގީގަތަކީ އެޗްޕީއޭގެ ހާލަތު މިއަދު ހުރީ މިހެން ކަމެވެ. މިއަދު ރައްޔިތުންގެ ކުރިމަތީގައި އެޗްޕީއޭގެ ނަން މިވަނީ ވަރަށް ބޮޑަށް ވެސް ކިލަނބު ވެފައެވެ. ރައްޔިތުންގެ ކުރިމަތީގައި އެޗްޕީއޭ ވެފައި މިވަނީ ޒިންމާދާރުކަން ކުޑަ ބަޔަކަށެވެ. ސަބަބުތަކެއް ނެތި އެއް ނޫނެވެ. މީގެ ކުރިންވެސް އެޗްޕީއޭ އޮތެވެ. ރައްޔިތުން ކުރީ ތައުރީފް ނޫންތޯއެވެ. ނަމަވެސް މިއަދު ކުރެވޭ ސުވާލަކީ އެޗްޕީއޭއަށް ރައްޔިތުން ކުރި އިތުބާރު ގެއްލި އެޗްޕީއޭގެ މަސައްކަތްތައް އަތަށް ގޮވަނީ ބާވައެވެ.

 

 

  1. ޞބވވިުޔ

    ޥަެގެ

  2. ރަދީފް ހުސެން

    އެޗްޕީއޭ ސިޔާސީ ނުފޫޒުގެ ތެރެއައްވަނީމަ މީހުންގެ އިތުބާރުގެއްލިއްޖެ. އިއްޔެ 50، 70 އިންމީހުން ޕޮސިޓިވްވީމަ ތެޅިބޭލިގޮތާ ހަނދާންވެ. މިހާރު ދުވާލަކު 200، 250 ޕޮސިޓިވް ވާކަމައް އިއުލާނު ކޮއްގެން ރައްޔިތުންނައް ފޮރުވަން މިއުޅެނީ ކޮންކަމެއްބާއޭ ހިތައްއަރާ. ބޭރުގެ ބައެއްޖަމިއްޔާ ތަކުގެ ބޮޑެތި އެހީލިބި އެއެހީ ހަރަދު ކުރެވުނުގޮތުގެ ހަރަދު ދިމާ ކުރަން ހިސާބު ުއަދަދު އިތުރު ކުރަނީނޫންބާއޭ އެގެންއެބަޖެހެ. ސަރުކާރު މުޅިންފެއިލް ކޮވިޑްކުރިންވެސް ފަހުންވެސް ހުސްވައްކަން