ޚަބަރު ސިޔާސީ

ރައީސް ނަޝީދު ރައީސް ޞާލިޙަށް: ރިޝްވަތު ދީގެން ތާއީދެއް ނުހޯދޭނެ, ރަނގަޅު ނަތިޖާއެއް ހޯދޭނީ ރަނގަޅު އަމަލު ކޮށްގެން 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޝްވަތުން ހޯދޭނެ ތާޢީދެއް, ކާމިޔާބެއް ނެތް ކަމަށާއި ރަނގަޅު އަމަލަކުން ނޫނީ ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު, އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފިއެވެ.

Ads by Sosun Fihaara

ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙްގެ ސިޔާސީ މަސައްކަތްތައް ކުރަނީ ހިންގަވާ މުޢާމަލާތެއްގެ ގޮތުގައި ކަމަށެވެ. ސިޔާސީ މީހުން ކުރަން ޖެހޭނީ ފިކުރާއި ހިޔާލު މީހުންގެ ތެރޭގައި ތައާރަފްކޮށް މީހުންގެ މަގުބޫލުކަމާއި ރުހުން ހޯދުން ކަމަށެވެ.

"ރައީސް ޞާލިޙް އޭގެ ބަދަލުގައި ކުރައްވާ ކަމަކީ އޭނާ ގަތުން. މީހަކު މި ހޯއްދަވަނީ. އެބޭފުލާ ލަފާ ކުރަނީ އެމީހާ ގާތުގައި ބައިވަރު މީހުންތަކެއް އެބަ ވެޔޭ. އެހެންވީމާ ތިމަންނާ އެ މެމްބަރު ގަނެފިއްޔާ އެ މެމްބަރުގެ ފަރާތުން ތާއީދެއް ލިބުން އެކަށީގެން ވެޔޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޝްވަތުން ހޯދޭނެ ކާމިޔާބީއެއް, ތާއީދެއް ނޯންނާނެ ކަމަށާއި ރަނގަޅު ނަގިޖާއެއް ލިބޭނީ ރަނގަޅު އަމަލު ކޮށްގެން ކަމަށެެވެ.

" ވައްކަމާއި ހިޔާނާތާ ފަސާދަޔާ މި ބާވަތުގެ ކަންކަމުން އަނެއްކާވެސް އުފެދިގެން ދާނީ އިތުރު ފަސާދަޔާ އިތުރު ހިޔާނާތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްކަމުގައި ހުންނެވުމަށްފަހު އިސްތިއުފާދެއްވާ ދަ ޑިމޮކްރެޓްސް އުފެއްދެވުމަށް ފަހު ރައީސް ނަޝީދު އަންނަނީ ތަފާތު އެކި ފުރުސަތުތަކުގައި ސަރުކާރަށާއި، ރައީސް ސާލިހަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

Ads by HDC
  1. ފާރިތު

    އާނ! ކަލޭތީ އެންމެ ރަނގަޅު ޢަމަލުކުރާ މީހާ!!!

  2. ކިހާ ބޮޑުކަމެއް!

    އަންނި ބުނީ އޭނަގެ ސިޔާސީ ހަޔާތުގެ ކުރިމަގު ގުޅިފައިބަނީ އިބޫ އިލެކްޝސނުގައި ވެދާނެ ނާކާމިޔާބާއެވެ. މީގެއިން މީނަގެ ވިހަ ޝަޚުސިއްޔަތު ހާމަވެވެ. އަމިއްލަ މީހާގެ ކުރިއެރުން ބިނާވެފައި މިއޮންނަނީ އަނެކުންގެ ނާކާމިޔާބަށް އެދުމާއެވެ

  3. މީނަޔަށް ޔަހޫދީން ފޮނުވާ ފައިސާ ކޮބައިތޯ މަނިޓަރީ ގައި އަލީ ހާޝިމް ހުރެގެން މަނީ ލޯންޑާ ކުރާއިރު އެހުންނަނީ ނޭގޭކަމަށް ހެދިގެން !

  4. ހަސަންބެ

    ކަލޭ 13 މީހުން ގަނެދޭށޭ ގާސިމް ސޭޓް ކައިރީގައި ނުބުނަންތަ

  5. ަ ހަފްސާ

    ޜާއްޖެއަށް މިސަރުކާރުން ކުރަމުންގެނދާ މަސައްކަތް މީނައަށް ހަޖަމު ނުކުރެވިގެން މިއުޅެނީ. މާލެ އެކަނި ތަރައްޤީ ކުރަންވަނީ ނަޝީދުގެ ބުނާގޮތުން. ޙަސަދައިން ފޯވެ ތަތްތެޅިފަ ހުރި މީހެއް މީ.