ޚަބަރު ސިޔާސީ

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދޭނަން: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ގާނޫނުގައި އޮންނަ ވަރަށް ތިނަދޫގައި އާބާދީ ހަމަނުވި ނަމަވެސް، އެ ރަށް ސިޓީއަކަށް ހަދައިދޭނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިހާބަށް ގދ. ތިނދޫއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ސިޓީއަކަށް ވެވެނީ އާބާދީގައި 10،000 ހަމަވުމުންނެވެ. ތިނަދޫގެ އާބާދީއަކީ 8،000 އެވެ.

އެމަނިކުފާނު ވިދާޅުވީ ތިނަދޫގައި މިހާރު ލިބެން ހުރި ހިދުމަތްތަކާއި ވަސީލަތްތަކާއި އަދި އެރަށަށް މިހާރު އައިސްފައިވާ ކުރިއެރުމާއެކު އެ ރަށަށް ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެމަނިކިފާނުގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް, 10،000 އެނދާ އެކު ހުވަދޫ ޓޫރިޒަމްގެ ހަބަކަށް ހަަދައި ޑީކޮންޕޮސިޝަން ޗެމްބަރު ހުޅުވާނެ ކަމަށެވެ. އަދި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް އިތުރުކޮށް ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމުގެ އިތުރުން ތައުލީމީ ނިޒާމް ވެސް ތަރައްގީކުރައްވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!