ލައިފްސްޓައިލް

ޝޯރޫމެއްގައި އަލިފާން ރޯވެ 1 ކްރޯޑު ރުޕީސްގެ ބޮޑު ގެއްލުމެއް، ޒިންމާ ނަގަން ޖެހުނީ މީދަލެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުއްލި ގޮތަކަށް ދިމާވާ އެކްސިޑެންޓުތަކުގެ ސަބަބުން ބައެއް ފަހަރު ވަރަށް ބޮޑެތި ގެއްލުން ވެެއެވެ.

Ads by Hajj Corporation

ހައިދަރްއާބާދުގެ މުޝީރްއާބާދުގައި ހުރި އޮޓޯމޮބައިލް ޝޯރޫމެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގާ އެއް ކްރޯޑް ރުޕީސަށްވުރެ ބޮޑު ގެއްލުމެއް ލިބުނުއިރު އެކަމުގެ ސަބަބަކަށްވީ މީދަލެކެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގައެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފޮރެންސިކް ޓީމުން ވެސް ވަނީ އެހާދިސާ ތަހުގީގު ކޮށްފައެވެ.

ފޮރެންސިކް ޓީމުން ބެލި ބެލުމުން އެނގިފައިވަނީ ހުޅު ހިފާފަދަ އެއްޗެއް ރޯވެފައި ނުވަތަ ގޮވާފައި ވެސް ނެތް ކަމަށާއި އަދި ކަރަންޓު ވަޔަރެއް ވެސް ޝޯޓުވެފައި ނެތް ކަމަށެވެ. އެހެންކަމުން އެއަލިފާންގަނޑު ރޯވަން ޖެހުނު ސަބަބާއިމެދު އޮފިސަރުން ތިބީ ސުވާލު އުފެދިފައެވެ.

އެހެންކަމުން ފޮރެންސިކް ޓީމުގެ އޮފިސަރުން ދެން ގަސްދުކުރީ ސީސީޓީވީ ފުޓެޖު ބަލާށެވެ. އޭގެން ފެނުނު މަންޒަރުން އެމީހުން ވެސް ހައިރާންވިއެވެ.

އަލިފާން ރޯވީ މީދަލެއްގެ ސަބަބުންކަން އެފުޓޭޖުން ވަނީ ހާމަވެފައެވެ.

އެމީދަލާއިހެދި އެދުވަހު ރޯވި އަލިފާންގަނޑުގެ ސަބަބުން އެއިމާރާތުގެ އުތުރުފަރާތުގެ ފުރަތަމަ ފަންގިފިލާ އެއްކޮށް ވަނީ ރޯވެ އަނދާފައެވެ. އޭގެ އިތުރުން ތިރީ ފަންގިފިލާގެ ވެސް ބޮޑު ބައެއް އަނދާފައިވާއިރު، މަފުމަތީގައި ބަހައްޓާފައިހުރި ތިން އުޅަނދަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.

"ސީސީޓީވީ ފުޓެޖުން ފެންނަނީ އަނދަމުން ދިޔަ ކޮންމެވެސް އެއްޗެއް ތުނބުން ހިފައިން މީދަލެއް ދާތަން. އެމީދާ ގޮސް އޭތި ވައްޓާލަނީ ފުރަތަމަ ފަންގިފިލާގައި ހުރި ގޮނޑިއެއްގެ މައްޗަށް. ދެން އެގޮނޑީގައި އަލިފާން ރޯވެ، ކައިރީގައި ހުރި ފަރުނީޗަރު ތަކުގައި ވެސް ހުޅުރޯވީ. އަދި އިމާރާތުގެ ދެން ހުރި އެއްޗެހީގައި ވެސް ރޯވީ." މިމައްސަލަ ތަހުގީގު ކުރި ޓްރޫތު ލެބްސްގެ ފައުންޑަރ ޑރ. ކޭޕީސީ ގާންދީ ބުނެފައިވެއެވެ.

މީދާ ތުނބުން ހިފައިގެން ދިޔައީ އިންޑިއާ މީހުން ބުދަށް އަޅުކަން ކުރާއިރު، ބުދު ކައިރާގައި ބަހައްޓާ "ދިޔާ" ގެ އަލިފާން ރޯކޮށްފައި ހުންނަ އެތިކޮޅުކަން ވެސް ފަހުން ވަނީ އެނގިފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!