ބިދޭސީންނަށް ދެހާސް އައިޑީކާޑު ހަދާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވޭ: ޝިޔާމް
ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ( ޑީއެންއާރު) އިން ބިދޭސީންނަށް 2000 އައިޑީ ކާޑު ހަދާދީފަިއވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންރތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ އައިޑީ ކާޑު ޔުނިޓުން 2000 ބިދޭސީންނަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ރާއްޖޭގެ ރަށްތަކުގައި ރަޖިސްޓްރީ ވެފައި ތިބި މީހުން އެރަށްތަކުގެ ރައްޔިތުންނަށް އިނގޭނެ ކަމަށެވެ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ބިދޭސީންނަށް ރާއްޖޭގެ ރަށްތަކުގައި ނޫޅެވޭނެކަމަށެވެެ.
ޝިޔާމް ވިދާޅުވީ ސަރުކާރު އިދާރާތަކުންނާއި، ކުންފުނިތަށް ބޭނުންކޮށްގެން އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާކަމަށެވެ. އަދި އެމަސައްކަތް ގާތުން ބެލުމަށް އިލެކްޝަން ކޮމިޝަންގެ އަރިހުން ޝިޔާމް ވަނީ އެދިވަޑައިގަންނަވާފައެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ދިވެހިރައްޔިތުންނާއި ގައުމު ސަލާމަތްކުރުމުގެ ބާރު އޮތީ ދިވެހިންގެ އަތުގައި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ އަންނަ އިންތިޚާބުގައި ރައްޔިތުންލާ ވޯޓްގެ ސައްޚަލަން ކަށަވަރުކުރަން ޖެހޭނީ ވެސް ދިވެހި ރައްޔިތުންކަމަށެވެ. އެގޮތުން ކޮންމެ މީހަކުވެސް ވޯޓްލުމަށްފަހު، ގުނާ އިއުލާން ކުރައްވަންދެން ވޯޓް ފޮށިކައިރީގައި މަޑުކުރެއްވުމަށް ޝިޔާމް ވަނީ ވިދުވެފައެވެ.
ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި ނަގާ ވޯޓަކީ ގައުމީ މަސްލަހަތާއި ގުޅިފައިވާ ވޯޓެއް ކަމަށެވެ، އަދި ރާއްޖޭގެ ފަސްގަނޑުގައި ދިވެހިން ތިބެންވާނީ ފުރަތަމަދަރަޖައިގައިތޯ ނިންމާނީ ކުރިއަށް އޮތް އިންތިޚާބްގައި ކަމަށް ޝިޔާމްވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ދެވަނަ ބުރަކަށް މަޑުކުރެވޭކަށްނެތް ކަމަށާއި، އަދި ދެވަނަ ބުރެއްބާއްވާނެ ފައިސާއެއްވެސް ދަައުލަތުގައި ނެތްކަމަށެވެ. ދެވަނަ ބުރެއް ބާއްވައިފިނަމަ ރާއްޖޭގެ އެއްވެސް ޕާޓީއަކަށް ދެވަނަ ބުރެއް އަތުނުވާނެކަމަށާއި، މިހާރުވެސް މިފެންނަނީ ދާޚިލީ އިންތިޚާބަކަށް ބޭރުގައުމުގެ ތަކުން އިންތިޖާއަށް ނުފޫޒު ފޯރުވަމުންދާ މަންޒަރުކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ވޯޓްފޮށިތަށް ރަގަނގަޅަށް ބެލުމާއިއެކު، ދައުރުކުރާ ފައިސާއަށްވެސް ފާރަވެރިވާން އެބަޖެހޭކަމަށާއި، އެފައިސާ ގޭގެއަށް ވަނަ ނުދޭން ދޮރުތައް ބަންދުކުރަން އެބަޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ތެދެއްނަމަ ތިޔަ ޕީޕީމީހުންެ މަށްޗަށް ބެލެވެނީ!
ދުނިޔޭގަ ވަށްކަން އުފެއްދުމުގެ ރެކޯޑް އޮތީ ޕޕ އެމް ގެތާރީޚްގަ! ފަހުންއެކަންދަސްކޮދޭން ޑުބާއީއަށްވެސް
ޕޕ ވެރިކަމުގަ ވަފުދު ދިޔަ ކަމަށްބެލެވޭ!
ތިމައުލޫމާތު ލިބުނީމަ ގެރިއެއްހެން މުޅި ދުނިޔެއަށް އަޑުއިއްވަން ފެލެންވީކީ ނޫން. އެމައްސަލަ ޕޮލިހަށް ހުށައަޅައިގެން ބަލަންވީ ސާފުވެއްޖެތަ މިހިރަ ގަމާރާ.