އިމްރާން ހުރީ މަޤާމަށްޓަކައި ދީން ވިއްކާލައިގެން, ހުރީ މުރުތައްދުވެފައި: އަދުރޭ
މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވީ މަޤާމުގެ ދަހިވެތިކަމުގައި ދީން ވިއްކަވާލައްވައިގެން ކަމަށާއި, އިމްރާނަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ, ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމްޑީޕީން މާލޭގައި ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު އިމްރާން ވަނީ ޑރ. މުއިއްޒަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވިދާޅުވެފައިވަނީ, މުއިއްޒު މަގާމުގެ ދަހިވެތިކަމުގައި އުޅުއްވާ ފަރާތެއް ކަމަށާއި ވަރަށް ރަނގަޅަށް އެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އެވާހަކަފުޅު ތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ, ޑރ. މުއިއްޒަކީ އިޚްލާސްތެރި ވަފާތެރި ތެދުވެރިއެއް ކަމަށެވެ.
"މަޤާމުގެ ދަހިވެތިކަމުގައެއް ނޫން ޕީޕީއެމްއާ ގުޅި ވަޑައިގެންނެވީކީއެއް. ޕީޕީއެމްއާ ގުޅިވަޑައިގަތީ މި ސަރުކާރު ނިމުނު ދުވަހު. ކީއްކުރަންތޯ މަޤާމެއްގެ ދަހިވެތިކަމުގައިނަމަ ޕީޕީއެމްގެ ސަރުކާރެއް ނިމުނީމަ ޕީޕީއެމްއާ ގުޅިވަޑައިގަންނަވަންވީ. ރައީސް ޔާމީން އިންތިޚާބުން ބަލިވެވަޑައިގަތް ދުވަހު ޑރ. މުއިއްޒު ޕީޕީއެމްއާ ގުޅިވަޑައިގަތީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, އިމްރާނަކީ މިޤައުމަށް ޣައްދާރުވެފައިވާ މީހެއް ކަމަށެވެ.
"އިމްރާނަކީ މި ޤައުމަަށް ޣައްދާރެއް. މުނާފިގެއް. މުރުތައްދުވެފައި އޭނަ އެހުރީ. މުރުތައްދުވެފައި އެހުރީ. އަލުން ތައުބާވާން ޖެހޭނީ"
"މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށްފައި, ރަސޫލާއަށް ހަޖޫ ޖެހީމަ, ވެރިކަން ދަމަހައްޓަން އެހުރީ. އެވެރިކަން ދަމަހައްޓަންފޫގަޅައިގެން ނިކުމެ އެހުރީ"
އަދި ވިދާޅުވީ, ޑރ. މުއިއްޒުގެ ފަތިފުށް ހާވަން ނޫޅުއްވުމަށާއި އިމްރާންގެ ފަތިފުށް މާ ހުތުރު ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އިމްރާނަށް ދަންނަވާލަން ބޭނުންވަނީ އިމްރާނާ ގުޅެންޏާ ނިކަން ކަންތައް ގޯސްވާނޭ. މުއިއްޒުގެ ދިފާއުގައި ވަރަށް ވަރުގަދަ, ހިތްވަރު ހުރި ޓީމެއް. ކެރޭ ޓީމެއް. ރައްދު ދެވޭ ޓީމެއް"ފަތިފުއް ހާވާނެ ކަމެއް ނެތް. އިމްރާންގެ ފަތިފުށް މާހަޑި. މާހުތުރު. މަޤާމުގެ ދަހިވެތިކަމުގައި ދީން ވިއްކާލައިގެން އެހުރީ"
ރިޔާސީ އިންތިޚާބުގެ ކެންޕެއިން ވަރަށް ފޯރީގައި ހުރިހާ ޕާޓީތަކާއި އަމިއްލަ ކެނޑިޑޭޓުން ވެސް ދަނީ ކުރައްވަމުންނެވެ. އިންތިޚާބު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުއެވެ.
އަދުރޭހުރީ ޓިނުވިއްކައިގެން ބަސްޓުވެފަ.
އަދުރޭ ކަލޭތީ މުސްލިމެއްތއް ޝަހީމޫ، އަލީރަމީޒޫ، އަލީޒާހިރޫ އަދި ސަމީރު އާއި އަނާރާ މިގޮލާ ޕޯޑިއަމްތަކައް ނާރުވަ ބަލަ ލިބެން އޮތް ވޯޓް ކޮޅުވެސް ނުލިބޭނެ ތަނެއްދޮރެއް ނޭގޭ އާލާތުން ޕޯޑިއަމް ތަކައް އެދުވީމާ