ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒުގެ ތަސައްވަރު މާލޭގެ ގޯޅިތަކާއި ގޭގޭގެ ސިންޓިން ރޫމްތަކާއި ހަމައަށް ފޯރައިފިކަމަށާއި މާލެ ރައްޔިތުން ތިބީ މުއިއްޒުއަށް ވޯޓުދޭން ކެތްމަދުވެފައިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެ ޓްވީޓުކުރައްވާފައިމިވަނީ މާލޭގެ ރައްޔިތުންގެ ވޯޓު ކަށަވަރު ކުރުމަށް ޑރ.މުއިއްޒުގެ ފަރާތްޕުޅުން ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ގާތުން ބައްދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޝިޔާމް ވިދާޅުވީ މާލޭ ރައްޔިތުންގެ ފަރާތުން ލިބެނީ ވަރަށް އުއްމީދީ މެސެޖުތަކެއް ކަމަށާއި ރައްޔިތުން ތިބީ ޑރ. މުއިއްޒު ހުށަހަޅުއްވާފައިވާ ކަންކަން ހަގީގަތަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއިއެކުގައިކަމަށެވެ.
އަދި އެއްބުރުން މުއިއްޒު އިންތިޚާބު ކާމިޔާބުކުރައްވާ ތަން ފެންނަކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.