ޚަބަރު ސިޔާސީ

ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ނަޝީދު ގޮވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައިފިއެވެ.

Ads by Sosun Fihaara

ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވުމަށްފަހު ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުން ރޭ ވަނީ ޕީޕީއެމް ޖަގަހަށް ވަޑައިގެންފައެވެ. އެ ސަރަހައްދަށް ވަޑައިގެން އެކަމަނާ ވަނީ ބޮޑު ތަކުރުފާނު މަގުގައިި ޢާންމުންނާ ސަލާން ކޮށްފައެވެ.

މުއިއްޒުގެ ޖަގަހަ ބައްދަލުވުން ނިންމާލެއްވުމަށްފަހު މެޑަމް ފާތުން ވަޑައިގެންނެވިއިރު ނަޝީދު ހުންނެވީ ޑިމޮކްރެޓުންގެ ޖަގަހައިގައެވެ.

އެމަނިކުފާނު ވަނީ އެތަނަށް ވަޑައިގެން މެޑަމް ފާތުންއާ ސަލާންކޮށްފައެވެ. އެވަގުތު  އެ ސަރަހައްދުގައި ތިއްބެވި ޑިމޮކްރެޓުންނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާފައެވެ. އެމީހުންނާ ބައިވެރިވެ ރައީސް ނަޝީދު ވެސް ވަނީ ޔާމީން މިނިވަންކުރަން ގޮވާލާފައެވެ.

Ads by HDC
  1. އަބްދޫ

    ޔާމީނު ޖަލަށް ލުމުގެ ހުރިހާކަމެއް ހިންގި މީހަކީ ނަސީދު