ޚަބަރު ސިޔާސީ

ޖީއެމްއާރު ބޭރުކޮށްލި ގޮތަށް އިންޑިއާގެ ކުންފުނިތައް ބޭރު ކުރާނަން: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

މިހާރު ރާއްޖޭގައި އިންޑިއާގެ ކުންފުނިތަކުން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓުވައި، ޖީއެމްއާރު ބޭރު ކުރި ގޮތަށް އެ ކުންފުނިތައް ބޭރުކުރާނެ ކަމުގެ އިންޒާރެއް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އދ. މަހިބަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖް މަސައްކަތާއި، ހަނިމާދުއާއި އައްޑޫގައި ހިންގާ މަޝްރޫޢުތަކާއި އަދި އުތުރު ތިލަފަޅުގެ މަޝްރޫޢުގެ އެއްބަސްވުންތަކަކީވެސް މިހާރުގެ ސަރުކާރުން ތަފްޞީލު ހާމަކުރުމަށް ފަސްޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.

އަދި އެ އެއްބަސްވުންތަކުން ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭނަމަ، ޖީއެމްއާރް ބޭރުކުރިގޮތަށް އެހެން ކުންފުނިތައްވެސް ބޭރުކުރާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މިސާލަކަށް އުތުރު ތިލަފަޅު މަޝްރޫއު ވިޔަސް އެހެން މަޝްރޫއެއް ވިޔަސް، އެއީ ގައުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަކަށް ވަންޏާ ހަމަ ޖީއެމްއާރު ބޭރުކުރި ގޮތަށް އިރާދަކުރެއްވިއްޔާ އެ މަޝްރޫއުތައް ބާތިލްކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ގިނަ މަޝްރޫޢުތަކަކީ، އޭގެ ތަފްޞީލު އާއްމުކުރުމަށް ސަރުކާރުން ފަސްޖެހޭ، އަދި ގޮތް ނޭންގޭ އެއްބަސްވުންތަކެއް ކަމަށެވެ. އެކަން އެހެން ވެގެން ނުވާނެ ކަަމަށް މުޢިއްޒު ވިދާޅުވިއެވެ.

Ads by Allied Insurance
  1. އަބްދޫ

    މަސްރޫއު ރިވިޔު ކުަން ފުރަތަމަ ޖެހޭނެ، އެގްރީމެންޓަ ބާތިލް ކުރުމުގެ ކުރި މަސްރުއުތައް މުއްދަތަށް ނުނިމިގެން ލިބުނުގެއްލުމުގެ ބަދަލަ ހޯދުމަށް އާބިޓްރޭސަނަށް ، ދަވްލަތަށް ލިބުނުގެއްލުމުގެ ބަދަލު ހޯދަންވާނެ. ޖީއެމްއާރު މައްސަލައަށް ވީގޮތް ހަނދުމަބަހައްތަވާ. ވިލިމާލެ ބްރިޖް ކުންފުންޏާދެކޮޅަށް ދައުވާ އާބިޓްރޭސަނުގަ އުފުލަންވާނެ. މުއްދަތަށް ނުނިމުމުން އމްޕީއެލް ގެ ހާބަރ ޕްރޮޖރކްޓަށް ވީގެއްލުން މުއަދަތަށް ނުނިމުމުގެ ސަބަބުން ރައޔިތުންގެ ބޯހިޔާވެހިކަމަށް ލިބުނު ގެއްލުން. މުއަދަތަށް ނުނިމުމުގެ ސަބަބުން ތިލަފުށީގެ މަސްރުއު ތަކަށް ލިބުނުގެއްލުން. މުއްދަތަށް ނުލިބި ކަނޑުދަތުރުފަތުރުކުރަނޖެހުމުން މާލީގޮތުންނާއި ނަފްސާނީގޮތުން ލިބުނު ގެއްލުން. އެގްރީމެންޓް ބާތިލް ކުރުމުގެ ކުރިން އިންޑިޠާގެ އާބިޓްރޭސަނަށް ހުށަހަޅުއްވާ.