ރިޔާސީ އިންތިޚާބުގެ ވޯޓް ނެގޭއިރު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ޖަލުގައި ބަހައްޓައިގެން ނުވާނެ: މަލީހް
ރިޔާސީ އިންތިޚާބުގެ ވޯޓް ނެގޭއިރު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު, ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބަހައްޓައިގެން ނުވާނެ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވުމަށްފަހު ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުން ޕީޕީއެމް ޖަގަހަށް ވަޑައިގެން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުމާއި ގުޅިގެންނެވެ.
އެ ސަރަހައްދަށް ވަޑައިގެން އެކަމަނާ ވަނީ ބޮޑު ތަކުރުފާނު މަގުގައިި ޢާންމުންނާ ސަލާން ކޮށްފައެވެ. މުއިއްޒުގެ ޖަގަހަ ބައްދަލުވުން ނިންމާލެއްވުމަށްފަހު މެޑަމް ފާތުން ވަޑައިގެންނެވިއިރު ރައީސް ނަޝީދު ވަނީ އެތަނަށް ވަޑައިގެން މެޑަމް ފާތުންއާ ސަލާންކޮށްފައެވެ.
އެވަގުތު އެ ސަރަހައްދުގައި ތިއްބެވި ޑިމޮކްރެޓުންނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާފައެވެ. އެމީހުންނާ ބައިވެރިވެ ރައީސް ނަޝީދު ވެސް ވަނީ ޔާމީން މިނިވަންކުރަން ގޮވާލާފައެވެ.
މިކަމާއި ގުޅިގެން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭއިންސާފު ހުކުމަކުން ރައީސް ޔާމީން ސިޔާސީ މައިދާނުން އެކަހެރިކޮށް ޖަލުގައި އަނިޔާވެރިވަމުން ދާއިރު ސިޔާސީ ލީޑަރުން ކަމަށް ބުނާ ގިނަ ފަރާތްތައް ސަރުކާރުގެ ކަސްތަޅުގައި ދޫ ބަނދެވިފައި އެބަތިބި ކަމަށެވެ.
"ރިޔާސީ އިންތިޚާބުގެ ވޯޓް ނެގޭއިރު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ޖަލުގައި ބަހައްޓައިގެން ނުވާނެ" މަލީހް ވިދާޅުވިއެވެ.
މިކަލޭގެ އެއްވެސް ކޮޅަކުން ލައްވައެއް ނުލިދޯ؟