ޚަބަރު

މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ ފިހާރައެއްގައި ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެއެވެ.

Ads by Hajj Corporation

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރޭ ފަތިހު 4:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ގަލޮޅު އޮޓޯ ގަރާޖު ސަރަހައްދުން ރަތްވިލާ ގޯޅީގައި ހުންނަ ވެގާ ޕޮއިންޓްގައި ކަމަށެވެ.

އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އަލިފާނުގެ ރިޕޯޓް ލިބުނީ ފަތިހު 4:37 ހާއިރު ކަމަށް ވިދާޅުވިއެވެ.

އަދި އޭގެ ދެގަޑިއިރު ފަހުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ފިހާރަ ކުރިމަތީ ހުރި 15 ވަރަކަށް ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވިދާޅުވިއެވެ.

Ads by HDC
  1. ފުންހިތާމައެއްލިބުނު ޚަބަރަކަށް ވެއްޖެ މިހަބަރު ލިބުމުން ﷲގެ ރަހުމަތުން އަވަސް މުސްތަޤުބަލެއްގައި ވިޔަފާރިފެށި ބާއްޖަވެރިދުވަސް ތަކަކަށް އެދި ﷲހަސުރަތުގައި ދުޢާދަންނަވަން، އާމީން