ޚަބަރު ސިޔާސީ

ޝައިޚް ޒައިދުގެ ތާއީދު ޑރ. މުއިއްޒުއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް މީގެ ކުރިން ވަރަށް ބޮޑަށް ތާއީދު ކުރެއްވި އަދާލަތު ޕާޓީގެ އެކްޓިވިސްޓު ޝައިޚް އަލީ ޒައިދު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ގައުމުގެ މިވަގުތުގެ ހާލަތާއި އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ މުއިއްޒުކަމުގައި ދެކިލައްވާތީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ މުއިއްޒަށް ތާއިދު ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

"ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުގެ ތާއީދު އޮތީ ޑރ. މުއިއްޒަށް! މިގޮތަށް މިނިންމީ މިވަގުތު ޤައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ މުޢިއްޒު ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭތީވެ! ދުޢާއަކީ ﷲ ތަޢާލާ ހެޔޮތައުފީޤު ދެއްވުން! އާމީން" ޒައިދު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ޑރ މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަކުރަމުން ދާއިރު، ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރާ ދީނީ އިލްމުވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް ޒައިދު ބައިވެރިވެވަޑައި ނުގަންނަވައެވެ.

  1. ޢަދާލަތު ޕާޓީގެ ލީޑާރޝިޕަކަށްވެސް އަބަދު ގޯސްހަދަހަދާ ނުތިބެވޭނެ، ދިވެހިރައްޔިތުން ވަނީ ގޯސް ހެއްދެވީމާ ރައީސް މައުމޫނު ނަޝީދު ، ވަހީދު ޔާމީނު ދުރުކޮށްފައި، އަދި ސޯލިހާއި ޢިމުރާން ވެސް ދުރުކުރާނެ 😆 ޢަދާލަތުގެ ލީޑާޝިޕް ރަގަޅު ކުރަން އެބަޖެހޭ ރަގަޅު މީހުން ތިބެންޖެހޭ !