ނަޝީދުގެ ބަހުގެ ހަމަލާއެއް އިންޑިއާއަށް: މިނިވަންކަން ގެއްލުވާލަނީ މިލިޓަރީ ތިބެގެން ނޫން, ދަރަނިވެރި ކުރުވައިގެން
ދިވެހި ރާއްޖޭގެ މިިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ވެސް އެކަން ވެފައިވަނީ ދަރަނީގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ, ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބްގެ ކެންޕެއިން އިވެންޓް ނިންމުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
"މިއަދުގެ ދުނިޔޭގައި ޤައުމެއްގެ މިނިވަންކަން ގެއްލިފާތޯ ނުވަތަ ނޫންތޯ ބަލަން އެހެން ޤައުމެއްގެ މިލިޓަރީ މިތާ ތިބިތޯ ނޫންތޯ, އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި, ބުއްދިވެރިކަމެއް ނޫން" ރައީސް ނަޝީދު ވިދާޅުވީ, ރާއްޖޭގެ މިނިވަންކަން ގެއްލުމާ ގުޅިފައިވަނީ ދަރަނި ކަމަށެވެ.
އަޅުގަނޑުމެންގެ މިނިވަންކަން ގެއްލި މިދަނީ ކޮންމެ ފަހަރަކު ވެސް ދިވެހި ރާއްޖެ އިންތިހާއަށް ދެރީމަ. 1887ވަނަ އަހަރަށް އަޅުގަނޑުމެން ފުރޮޅިގެން އައިއިރު, ދިވެހިން ވޯރާއިންނަށް ދަރާފައި އޮތް މިންވަރު އިންތިހާ. ދިވެހި ރާއްޖޭގެ އުފެއްދުންތެރި ކަމުގެ އެތައް ގިނަ އަކަށް ވޯރާ 9 ފިހާރައަކަށް ދިވެހިން ތިބީ ދަރާ."
ރައީސް ނަޝީދު ވިދާޅުވީ, އޭރު ވޯރާންނާއި ދިވެހިންގެ މެދުގައި ހިނގި ހަމަނުޖެހުންތައް ހަމަޖެއްސުމަށް ކަަމަށް ބުނެ އިނގިރޭސިން އައި ކަމަށާއި, އެކަންތައް ނިމުމުންއިރު ދިވެހިން އޮތީ އިނގިރޭސިންނަށް އަޅުވެތިވެ, ހިމާތުގެ އެގްރީމެއްޓެއްގައި ސޮއި ކޮށްގެން ކަމަށެވެ.
"އަނެއްވެސް އަޅުގަނޑުމެންގެ ދަރަނި, ފުރަތަމަ ޗައިނާއަށް އޮތް ދަރަނި އިންތިހާއަށް ބޮޑުވި, އަދި މާކެޓްތަކަށް ހުރި ދަރަނި ވެސް އިންތިހާއަށް ބޮޑު ވެއްޖެ. އަދި މިއަދު އިންޑިއާއަށް އޮތް ދަރަނި ވެސް އިންތިހާއަށް ބޮޑުވެއްޖެ" ބޮޑު ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް އިންޑިއާއާާ ދެކޮޅަށް އެއްޗެއް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދަރަނި އަޅުގަނޑުމެންނަށް ނުބެލެހެއްޓިއްޖެނަމަ އަޅުގަނޑުމެންގެ މުސްތަޤްބަލު ވަރަށް އަދިރިކޮށް އޮންނާނީ, އަޅުގަނޑުމެންނަށް ތަނަވަސްކަމެއް ނުލިބޭނެ. އަދި ދިމާވާނެ ދަތިތައް އިންތިހާއަށް ގޯސްވާނެ. އަޅުގަނޑުމެންގެ ކުރިމަތީގައި ސްރީ ލަންކާއަށް ވި ގޮތް ފެނިވަޑައިގަންނަވާނެ."
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ, މިއަދު ރާއްޖެއަށް ވެދާނެ ގޮތަކާއި މެދު ވިސްނަވާ ހުންނެވީ އެންމެ ކެނޑިޑޭޓެއް ކަމަށާއި, އެއީ އިލްޔަސް ލަބީބް ކަމަށެވެ.
"2026ވަނަ އަހަރު ފަހުން ތިންއިރު ކައިގެން އުޅުއްވަން ބޭނުންފުޅުނަމަ އިލްޔާސް ލަބީބަށާއި އަމްރަށް ވޯޓް ދެއްވާ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންޑިޔާއާއިބައިވެރިވެގެންމިންކަންފަށައިދިނީކާކުބާ؟
މީ އިންޑިޔާއަށް ދިން ހަމަލާއެއް ކަމުގައި ސިފައެއް ނުކުރެވޭ. އެއީ ޞާލިހަށް ދިން ހަމަލާއެއް. ނަޝީދުގެ ވާހަކައިން ހިތްވަރު ލިބެނީ އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް.
މުއިއްޒު ޕީއެޗްޑީ ކޮންކްރީޓް އިން ނެގި ނަމަވެސް ވަރަށް ކައްޕަޅި ކަންކަން ކޮށްފައި އެބަހުރި މިސާލަކަށް އިސްލާމީ މަރުކަޒުގައި މާރބްލް ޖެހިއިރު ވަށައިގެން މޫދުވާ ބޮޑެތި ގަސް ތައް ހުރި ތަނެއްގައި ފަސްގަނޑު ހާވާލާ ފަސް ގަނޑު މަތީ ތަޅުން އަޅާ އޭގެ މަތީ މާރބްލް ޖެހުމުން 5 އަހަރު ނުވޭ މިހާރު އެހެރީ މާރބްލް ފަޅަފަޅައިގެން ގޮސް ނަގަންވެފައި ބަދަލު ގައި ބިމަށް ކޮންކްރީޓް ކޮލަމްސްތަކެއް ޖަހާ އަޑީގައި ފަސް ގަނޑު އޮންނަ ގޮތަށް ފަސްގަނޑަށް ވުރެން 600 މިލިމީޓަރު މައްޗަށް ކޮންކްރީޓް ސްލެބެއް އަޅާ އޭގެ މަތީގައި މާރބްލް ޖެހި ނަމަ 100 އަހަރަށް ހުންނާނެ އެތަން އެއްވެސް ގެއްލުމެއް ނުވާނެއޭ މިއިން އިނގެނީ ހަގީގީ ޕީއެޗްޑީ ނެގުމުގެ ބޭނުމެއް ނެތް ކަމޭ ދެން އޮތީ އެއް ނަމްބަރު ފާލަން. މިހާތަނަށް ބަޔަކު ހަދާނެ އެންމެ ކައްޕަޅި ފާލަން އެއޮތީ 100 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައި ދެން އޮތީ ފެންއަރުވާ ވަޑާ އިންޖިނިއަރިންގްގެ އަލިފުބާ ވެސް ދަންނަ މީހަކު އެގޮތަށް ނަހަދާނެއޭ އެތަން އެ ފެންއަރުވާ ވަޑާ ދުވަހަކު ވެސް ރަނގަޅެއް ނުވާނެ ހައްލަކީ ތަޅާލާ ނެގުމޭ އެނޫން އެއްގޮތެއް ވެސް ނޯންނާނެއޭ މިޒާތުގެ ވަރަށް ގިނަ ކެސް ކަންކަން މުއިއްޒު ކޮށްފައި އެބަހުރި މަމެން މިދަނީ ނިއުޅަމުން ނިއުޅަމުން ދާ ވަރަކަށް ތަމެންނަށް މަމެން ކިޔައިދޭނަމޭ ތިޔާ ޕީއެޗްޑީ ނެގުމުގެ ހަގީގީ ބޭނުމެއް ނެތޭ ފެންނާން މުއިއްޒު އެއީ ބިއުޓިފުލް މައިންޑެއް ނޫނޭ…
ރައީސް އިބޫ އަކީ އެއީ މޮޅަށް އިންޖިނިއަރިންގް ކިޔަވައިގެން އަދި އެެދާއިރާގެ ތަޖްރިބާ ލިބިފައިވާ މީހެއް ނޫނޭ ރައީސް އިބޫ އެބުނާ މަޝްރޫއު ތަކަކީ މުޅިން ވެސް އިންޖިނިއަރިންގް އޮރިއެންޓެޑް ކަންކަމޭ ދެން އަނެއް ކޮޅުން ޚުދު ސައެންޓިފިކް ސަބްޖެކްޓް ނުކިޔަވާ އަދި ހިސާބު ދެން ފިޒިކްސް ދެން ކެމިސްޓްރީ ނުކިޔަވާ ހުރި މީހަކަށް ރައީސް އިބޫ ވުމުންނޭ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަނީ ހުޅަނގު ގައުމު ތަކުން ކުރާ ކައްޕަޅި ކަންކަން ރައީސް އިބޫ ނަކަލު ކުރަނީ ކޮލިޓީ ނެތީމައޭ ރައީސް އިބޫ އެއީ މަސްކައްކަން ތެލިދޮންނަން ވެސް ކަމަކު ދާނެ މީހެއް ނޫނޭ އެކަން ކުރަން ވެސް އެރުނޑި އަށް ނޭގޭނެ ވިއްޔާ ރައީސް އިބޫ ދެވަނަ ދައުރަކަށް ނޫނޭ ކުރިމަތި ލާންވީ ދެފައި ދަނޑިއަށް ސީލާންވީ ސީލާ ސީލާ ސީލާ ސީލާ ދަސީލާދޯ..
ތިން އިރު ރަނގަޅަށް ކެވެންޏާ ކިހާ ރަނގަޅު.