ރައީސް ޞާލިޙްގެ ފަސް އަހަރުގެ ދައުރު ނިންމާލީ އެޅިގަލަށް ޚިދުމަތް ކުރުމުގައި: އީވާ
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ފަސް އަހަރުގެ ދައުރު މިއަދު ނިންމާލަމުން އެގެންދަނީ އެޅިގަލަށް ޚިދުމަތް ކުރުމުގައި ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް, އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްގެ ކެންޕެއިން ނިންމާލުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުުޅުގައެވެ.
އީވާ ވިދާޅުވީ, ތަރައްޤީގެ މިންގަނޑަކީ ފަރުދީ ތަނަވަސް ކަމާއި, އަބުރުވެރި ޙަޔާތެއްކަން މުޅި ދުނިޔެ ޤަބޫލު ކުރާ ކަމަށާއި ނަމަވެސް ރައީސް ޞާލިޙްގެ ފަސް އަހަރުގެ ދައުރު ނިންމަވާލެއްވީ ތަރައްޤީއަކީ ކޮންސްޓްރަކްޝަންް ކަމަށް ބައްލަވައިގެން ކަމަށެވެ.
އީވާގެ ވާހަކަފުޅުގައި ވިދާޅުވީ, އެކަމަނާ މިއަދު އެ ވަޑައިގަތީ ހުވަދު އަތޮޅުން ކަމަށާއި, އެރަށުގެ ރައްޔިތުންގެ ހާލު މިދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ވަރަކަށް ރަނގަޅު ވެފައިނުވާ ކަމަށެވެ.
"ފަސް އަހަރުގެ ދައުރެއް ނިންމާލިއިރު, ހުވަދު އަތޮޅުގައި ނެތް އިތުރު މުއްސަދިކަން ލިބުނު އެންމެ މަސްވެރިޔަކު ވެސް, އިތުރު ނިކަމެތިކަމެއް ނާން އެންމެ މަސްވެރިޔަކު ވެސް. އެތަނުގައި ނެތް އިތުރު އުދަނގުލަކާ ދިމާނުވާ އެންމެ ވިޔަފާރިވެރިއެެއް. އިތުރަށް ސަރުކާރުން ވަޒީފާއަކަށް ނުވަތަ އެހެން ކަމަކަށް ސަލާން ނުޖެހޭ އެންމެ އާއިލާއެއް ވެސް ނެތް" އީވާ ވިދާޅުވިއެވެ.
އީވާގެ އިތުރަށް ވިދާޅުވީ, މިއަދު ކޮވިޑް-19 ބަލިމަޑުކަން ވެސް ސަރުކާރުން ބޭނުން ކުރަމުން އަންނަނީ މެނިފެސްޓޯ ސްލޯގަންއެއްގެ ގޮތަށް ކަމަށާއި, ކޮވިޑް-19 މެނޭޖް ކުރި ކަމަށް ބުނާއިރު, އާއްމު ރައްޔިތުންވީ އިތުރަށް ބިކަ ކަމަށެވެ. އެގޮތުން ތަކެތީގެ އަގު އުފުލިގެން ގޮސްފައިވާ ކަމަށާއި, މިއަދު ހަމަ ނޭވާގައި އުޅޭ މީހުން ނެތް ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
ބޮލަށް ވެލި އަޅައިގެންވެސް އިބޫ 5 އަހަރު ހަމަކޮށްފި. އެކަމަކު ތި ދައިތަގަނޑު ތި ގެންގުޅޭ ލާދީނީ ގަންޖާބޯ ކީއްކުރީ 5 އަހަރުތެރޭ.