ދުނިޔެ

މިއީ އާދައިގެ ބަލިމަޑުކަމެއް، ފިލައިގެން ހިނގައިދާނެ! ވެކްސިނެއް ކޮންމެހެން ބޭނުމެއް ނުވޭ: އޮކްސްފޯޑު ރިސާޗަރުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރެން ފެށިތާ މިހާރު ހަ މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިބަލީގެ ސަބަބުން އެތައް ބަޔަކު މަރު ވެފައިވާއިރު، ސައިންޓިސްޓުން އަންނަނީ މިބަލިން ރައްކާތެރި ކުރުމަށް ވެކްސިނެއް ވެސް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ.

Ads by Sosun Fihaara

އެކި ޤައުމުތަކުން ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރުމަށް ވެކްސިން އުފައްދަމުންދާއިރު، ވެކްސިނާއިމެދު ތަޖުރިބާކާރުން ދެކެމުން އަންނަ ގޮތްތައް ވެސް މިވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން ބައެއް ސައިންޓިސްޓުން ބުނެފައިވަނީ ކޮރޯނާއިން ރައްކާތެރިވުމަށް އޮތް ހަމައެކަނި ހައްލަކީ ވެކްސިން ޖެހުން ކަމަށް ނުފެންނަ ކަމަށާއި ވެކްސިން ޖެހުމުން ބައެއް ސައިޑް އިފެކްޓު ތަކަކާއި ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އެންމެ ކާމިޔާބުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަމުންދާ ވެކްސިން އުފައްދާ އޮކްސްފޯޑް- އެސްޓްރާ ޒެނެކާގެ ސައިންޓިސްޓުން ވެސް ބުނެފައިވަނީ އެވެކްސިން މަސައްކަތް ކުރާނީ ބައެއް މީހުންނަށް ކޮންމެވެސް މިންވަރަކަށް ކަމަށާއި ސައިޑް އިފެކްޓެއް ކުރިމަތި ވެއްޖެނަމަ ބައެއް މީހުންނަށް އެއްގޮތަކަށް ވެސް އެވެކްސިން މަސައްކަތް ނުކޮށްފާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

މީގެއިތުރުން އޮކްސްފޯޑުގެ ރިސާޗަރަކު ބުނެފައިވަނީ ކޮވިޑް-19 ގެ މިބަލިމަޑުކަން އަމިއްލައަކަށް ފިލައިގެން ހިނގައިދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި ވެކްސިނެއް އުފެއްދުމުގެ މާބޮޑު ބޭނުމެއް ވެސް ނުފެންނަ ކަމަށެވެ.

އޮކްސްފޯޑްގެ ރިސާޗަރެއް ކަމަށްވާ ޕްރޮފެސަރ ސުނިތުރާ ގުޕްތާ ބުނެފައިވަނީ އެންމެ ރަނގަޅު ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމުގައިވިޔަސް، ކޮވިޑްގެ މިބަލިމަޑު ކަމަކީ ހަމަ އާދައިގެ ކަމަކަށްވެ ފިލައިގެން ގޮސްފާނެ ކަމަށާއި، ކޮންމެހެން ވެކްސިނެއްގެ ބޭނުން ވެސް ނުޖެހިދާނެ ކަމަށެވެ.

މީޑިއާއަކަށް މައުލޫމާތު ދެމުން ޕްރޮފެސަރ ސުނިތުރާ ބުނެފައިވަނީ ހަގީގަތުގައި ކޮވިޑް-19 ނުރައްކާތެރި ވަނީ ހައި ރިސްކުގެ މީހުންނަަށް ކަމަށާއި ސިއްޙަތު ރަނގަޅު މީހަކަށް މިބަލި ޖެހުނަސް ވަރަށް ފަސޭހައިން ރަނގަޅުވާ ކަމަށެވެ.

މަސްދަރު: ދަ ޓައިމްސް އޮފް އިންޑިއާ

  1. ލަލަލާ

    ތިހެން ބުންޏަސް ތިމީހުންވެސް ވެކްސިނެއް އުފެއްދޭތޯ ހަމަ ހޭބޯނާރާ މަސައްކަތް ކުރަމުން ދަނީ. ތިމީހުންނަށްވުރެ ކުރިން އެހެން ބަޔަކު އެކަން ކާމިޔާބު ކުރީމަ ދެރަނުވާން ވެގެން ކިޔާ އެއްޗެއް އެއީ.

  2. ކޮވިޑް 19

    މިވަރު ބަހެއްވެސް ނޫސްތަކުން ބުނެލަން ނުކެރޭ. މިނޫނީ . މުސްލިމު ވެރިން ، މުސްލިމު ޑޮކުޓަރުން. 100 އިސްލާމުން. އޮޅުވާލުމުގައި ބައިވެރިވެގެން މިއުޅެނީ. ގަދަކަމުން މީގެބިރު އިސްތިހާރުކޮށްކޮށްވެސް މީހުން ނައިސްގެން މިއުޅެނީ. ޓީވީން ކިޔާއެއްޗެއް ރަށުތެރެއަކުން ނުފެނޭ. ދޮގެއް ތެދަކަށް ހަދަންއުޅެއުޅެ ބައެއްފަހަރު އެބައަތަށްވެސް ގޮވާ، ވަޅުލަންގެނދާ މީހުންވެސް ބަލާދަނީ. އަބަދު އޮންނަނީ އޮޅިގެން ކޮށްމެވެސް މަޅިއެއް އަރާފައި. އޮކްސްފޯޑެއް ނޫން މުޅިދުނިޔެއިން މިއީ ނުރައްކާ ވައިރަހެކޭ ކިޔަސް އަހަރެމެންނަކަށް މީގެ ނުރައްކަލެއް ނުފެނޭ. މިމީހުން ބުނާގޮތުން މީގެ ނުރައަކާއޮތީ މުސްކުޅިބަލީގާއި ތިބި މުސްކުޅީންނަށް. އަޅެވެކްސިން ޖެހީމާ އިތުރު 10އަހަރު ހުންނަނީތަ.

  3. ޕުރުތާބު

    އިންޑިއާ ޕުރޮފެސަރ ހުންނާނީ އިންޑިއަން ގަޅި ހިޔާލު

  4. ނުރަބޯ

    މީ މޮޔަމީހެއް. މީނާއަށް ނުވަތަ މީނާގެ ޢާއިލާގެ މީހަކަށް މި ބަލި ޖެހިއްޖެ ނަމަ މިހެން ބުނާނެތަ…..؟ ބަލި ޖެހުމާ އެކު މީހާގެ ފުރާނަ އަށް ނުރައްކައު ތެރިކަން ހުރި ކަމަކަށް އާދައިގެ ކަމެކޭ ބުނެ ދެއަތް އުރާލައިގެން ތިބެން ވެދާނެތަ؟ މުޅި ދުނިޔެ ހުއްޓުމަކަށް އައިސް ކޮންމެ ދުވަހަކު އެތައް ސަތޭކަ އިން ހާހުން މީހުން މަރުވަމުން ދާއިރު މީ އާދައިގެ ކަމެކޭ ބުނަން ވެދާނެތަ؟