ޚަބަރު ސިޔާސީ

ކުރިއަށް މިދާ އިންތިޚާބާ ގުޅޭ އެއްވެސް ޝަކުވާއެއް ވާނަމަ ލަސްނުކޮށް ހުށަހެޅުމަށް އެޗްއާރސީއެމްއިން އެދިއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބާއި ގުޅެ އެއްވެސް ޝަކުވާއެއް ވާނަމަ ލަސްނުކޮށް ޝަކުވާ ހުށަހެޅުއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

އެޗްއާރްސީއެމްއިން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމްގެ އޮބްޒާވަރުން ހަރަކާތްތެރިވަމުން އަންނަ ކަން ފާހަގަކޮށް އިންތިޚާބު ނިމި ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމަޔަށްވެސް ކޮމިޝަނުގެ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން،  އީޔޫގެ ވަފުދަކުން ވެސް އަންނަނީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީޔޫގެ 40 އޮބްޒާވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިންތިޚާބުގެ އަމާންކަމާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ބްލޫ ވޭވްގެ ދަށުން ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގައި ފުލުހުންވެސް ހަރަކާތްތެރިވަމުން ދާއިރު، ލަންޑަން، އަބޫދާބީ ފިޔަވައި، އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިޔަށް ދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު މިއީ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަ ކުރާ ފަހަރެވެ.

މިއަދުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވާ ވޯޓުލުމަށް 574 ވޯޓުފޮށި މުޅި ރާއްޖޭގައި ބަހައްޓާފައިވާއިރު އޭގެ ތެރެއިން 176 ފޮށި ބެހެއްޓީ މާލެ ސަރަހައްދުގައެވެ. އަދި ރާއްޖެ އިން ބޭރުގައި 8 ފޮށި ބަހައްޓާއިރު މި އިންތިޚާބުގައި 282،395 ވޯޓުލާން ޝަރުތު ހަމަވެއެވެ. އޭގެ ތެރެއިން 27،006 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މި ފަހަރު އަލަށް ވޯޓު ލެވޭ މީހުންކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance
  1. އަޑިކޮންނަ

    ތިއެއްވެސް ކަމެއް ކުރެވޭތަނެއްނޫން. ނަންބޯޑެއްއަޅުވައިގެން ބޮޑުމުސާރަކައިގެން ދެއްކެން އުޅޭބައެއް. ތިތަނަށް މައްސަލަ ހުށހެޅީމާވާގޮތް ފެނޭނެ. ހުށަހަޅާމީހާ އެތެއަށްލާފަ ބަންދު ކުރަނީ. އެކަމަކު މީ ރާއްޖޭގައިހިޔުމަންރައިޓްސް ދޭގޮތަކީ.

    • ސިރާޖު

      ޙަގީގައް ގަބޫލުކުރައްވާ

  2. ބަލާތި

    އީޔޫ އަށް އެއްގޮތަކަށް ވެސް މަމެން އިތުބާރެއް ނުކުރަމޭ އިންޑިއާ ރޯ އެޖެންޓުންނާއި ސަރުކާރުގެ ކަޅުފައިސާ ބޭނުން ކޮށްގެން މިހާރު އެމެން ވަނީ ގަނެފައޭ މިރާއްޖެ އަށް އެއްގޮތަކަށް ވެސް އަދި އެއް ޔޫއޭވީ އެއް ބޭނުމެއް ނުވެއޭ އެކަމަކު ޔޫއޭވީ އެއް ދޭނެ ކަމަށް ހަދާ ހަނިމާދޫ އެއްކޮށް އިންޑިއާ އަށް ހިލޭ ދިނުމުން އެމްޑީޕީ އަށް އިންތިޚާބު ކުރަން ލިބުނޭ 500 މިލިއަން ޑޮލަރު އެފައިސާ އޭ ގޯނި ގޯންޏަށް އަޅައިގެން ރަށްރަށުގައި ވޯޓް ގަންނާން އެބަހަނީ މިކަން ބަލާށޭ ގާސިމް ވަގުތު އޮތްވާ މިކަން ބަލާށޭ މިކަމުގައި ބައިވެރިވާ ބަދަލި އެކޭ ކެނެރީގެ ނަޝީދު ވެސް އެއީ އެނަގޫކެނޑި އަށް ވެސް އިންޑިއާ އިން ވަނީ ވޯޓް އޮޅުވާލުމަށް ޓަކައި 200 މިލިއަން ޑޮލަރު ދީފައޭ މިކަން ބަލާށޭ ދަ ޑިމޮކްރެޓްސް ވެސް ނިކުމެފައި އެތިބީ ވޯޓް އޮޅުވާލަން ވެގެންނޭ އެމެން ބައިތިއްބާފައި ތިބޭ އޮބްޒާވަރުން އެއީ ވެސް ބޮޑެތި ވަގުންނޭ މިކަންކަން ބަލާށޭ މިކަމަށް ފާރަވެރިވެ މިކަންކަން ބަލާށޭ ވޯޓް ފޮށިތައް ރަނގަޅަށް ބަލާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ ޖާސޫސް ކުރާށޭ