ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ އެޖެންޑާގައި ބުނެފައިވާ ގޮތުން މާދަމާ އޮންނާނީ ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓާއެކުއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ބުނެއެވެ.
މަޖްލީހުގެ ރައީސް ކަމުން ނަޝީދު ވައްކެއް ވެސް ނުކުރެވޭނެއޭ އަދި އެމްޑީޕީގެ ވެރިކަން މިމަސް ނިމޭ ތަނުން އޮންނާނީ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ ނިމިފައޭ