ޚަބަރު ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ މެމްބަރުންގެ ސޮއިތައް އަނބުރާ ގެންދިޔުމުން ރައީސް ނަޝީދާއި އީވާގެ މައްސަލަ ބޭރުކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވެރިކަން ހިންގާ އެމްޑީޕީން ހުށަހެޅި މައްސަލައިގައި ސޮއި ކުރެއްވި ގިނަ މެމްބަރުންގެ ސޮއި އަނބުރާ ގެންދެވުމުން އެ މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

Ads by MWSC

މިއަދުގެ ޖަލްސާ ފެށުމަަށްފަހު ރިޔާސަތުން ބުނީ އެ މައްސަލައިގައި ސޮއިކުރި ގިނަ މެންބަރުންތަކެއް އެބޭފުޅުންގެ ސޮއި އަނބުރާ ނަންގަވާފައި ވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނޭ ކަމަށެވެ.

މިއާއެކު މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓާއެކުއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ބުނެއެވެ.

Ads by HDC
  1. މަޖިލިސް މެންބަރުން ނަށް ވެދުން ސަލާމް.
    9/9/2023 ގައި މިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ގިނަރައްޔިތުން ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ސޯލިހު ރާއީސު ކަމުގައި ހުންނަން ނުފެންނަކަމަށް ވޯޓް ދީފައިވާތީ، މަޖިލިސް ތެރެއިން ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ސޯލިހު އަޒުލް ކުރުމުގެ ކަންތަށް ވީހާވެސް އަވަހަށް ބާރަށް ކުރިޔަށްގެންގޮސް 30/9/2023 ގެ ކުރިން ނިންމަވާ ދެއްވާ .އަދި ޒަމާނުއްސުރެން ރައީސުލް ޖުމުހޫރިއްޔާ ހުވާ ކުރަމުން އައި ނޮވެމްބާރ 11 ގައި އަލަށް ހޮވޭ ރައީސުލް ޖުމުހޫރިއްޔާ ހުވާ ކުރުމުގެ ކަންކަންވެސް މަޖިލިސް ތެރެއިން އޮމާން ކޮށް ގެންދަވާ ، ޤައުމު ޑިމޮކްރަސީގެ ހަމަ މަގަށް އަޅުވާލަ ދިނުންވެސް އެދެން !
    އިހުތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
    11/09/2023