ޚަބަރު ސިޔާސީ

ރައީސް ޞާލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުން ނަގައިފި, ބުނަނީ ވެރިކަން ކުރި ގޮތް ކަމުނުދާ ކަމަށް: ޝިޔާމް 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ޞާލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުން ނަގައިފި ކަމަށާއި ރައީސް ޞާލިޙް ވެރިކަން ކުރި ގޮތް ކަމުނުދާ ކަމަށް ރައްޔިތުން ބުނާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ރައީސަށް ތުހުމަތުކުރި ކަންކަން ރަނގަޅު ވީގޮތް ކިޔައިދޭންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް އާއި ނައިބު ރައީސްގެ މައްސަލަތަކަކީ ސިޔާސީ ބޭނުމަށް ކުރާވަރުގެ ކަންތައްތައް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން ރައީސް ޞާލިޙްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައިވާ ކަމަށާއި ރައީސް ޞާލިޙް ރައީސް ކަން ކުރެއްވި ގޮތް ރައްޔިތުންނަށް ކަމުނުދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައީސްއޭ, ރައީސްކަން ކުރެއްވި ގޮތް ކަމުނުދެޔޭ ރައްޔިތުންނަކަށް, ރަނގަޅު ގޮތަކީ މިހާރު ދެވަނަ ބުރަކަށް ވެސް ވަޑައިނުގަތް އިސްތިއުފާ ދެއްވާށޭ. ރައީސް ޔާމީން މިނިވަން ކުރާށޭ. އެއީ ނޫންތޯ ރައްޔިތުން މި ވިދާޅުވި ވާހަކައަކީ" ޝިޔާމް ވިދާޅުވިއެވެ.

Ads by Ooredoo
  1. މަޖިލިސް މެންބަރުން ނަށް ވެދުން ސަލާމް.
    9/9/2023 ގައި މިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ގިނަރައްޔިތުން ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ސޯލިހު ރާއީސު ކަމުގައި ހުންނަން ނުފެންނަކަމަށް ވޯޓް ދީފައިވާތީ، މަޖިލިސް ތެރެއިން ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ސޯލިހު އަޒުލް ކުރުމުގެ ކަންތަށް ވީހާވެސް އަވަހަށް ބާރަށް ކުރިޔަށްގެންގޮސް 30/9/2023 ގެ ކުރިން ނިންމަވާ ދެއްވާ .އަދި ޒަމާނުއްސުރެން ރައީސުލް ޖުމުހޫރިއްޔާ ހުވާ ކުރަމުން އައި ނޮވެމްބާރ 11 ގައި އަލަށް ހޮވޭ ރައީސުލް ޖުމުހޫރިއްޔާ ހުވާ ކުރުމުގެ ކަންކަންވެސް މަޖިލިސް ތެރެއިން އޮމާން ކޮށް ގެންދަވާ ، ޤައުމު ޑިމޮކްރަސީގެ ހަމަ މަގަށް އަޅުވާލަ ދިނުންވެސް އެދެން !
    އިހުތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
    11/09/2023