ޚަބަރު

ކޯލިޝަން ހެދުމާ މެދު ޖޭޕީން މާދަމާ ގޮތެއް ނިންމަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނުވަތަ ކޯލިޝަން ހެދުމާ މެދު މާދަމާ ގޮތެއް ނިންމަން އެ ޕާޓީން ހަމަޖައްސައިފިއެވެ.

Ads by STELCO

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ސަން އައިލޭންޑް ރިސޯޓުގައި އޭނާގެ ހުރިހާ އެޑްވައިޒަރުންނާ ބައްދަލުކުރައްވައިފައެވެ. އަދި މާދަމާ ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާގޮތުން ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އެއީ 2 އިންސައްތައެވެ.

ޖޭޕީން މާދަމާ ގޮތެއް ނިންމާއިރު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް- ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިރޭ ވަނީ ނިންމައިފައެެވެ.

އެ ގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ކައުންސިލްގައި 37 މެންބަރުންގެ ވޯޓުންނެވެ. އެއީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ޕާޓީއަކުން ނިންމި ފުރަތަމަ ނިންމުމެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!