ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ އިރުޝާދާ ޚިލާފަށް ޕީޕީއެމް/ޕީއެންސީން އެއްވެސް ކަމެއް ނުކުރާނެ: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިރުޝާދާއި ލަފަޔާއި ޚިލާފަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝިޔާމް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ކޯލިޝަން ހެދުމުގެ މަޝްވަރާ ނުކުރަން ރައީސް ޔާމީން އެންގެވި ނަމަވެސް، އެ ޕާޓީއާ އެކު ނުރަސްމީ މަޝްވަރާތައް ކުރަން ޕީޕީއެމުން ފަށައިފި ކަމަށް ބުނެ ނޫހެއްގައި ޖެހުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅާއި އިރުޝާދާ ހިލާފަށް ޕީޕީއެމް/ ޕީއެންސީން އެއްވެސް ސިޔާސި މަސައްކަތެއް ނުކުރާނެ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގައި ކަންކުރަންވީ ގޮތުގެ ފުރިހަަމަ "ގައިޑެންސް" ރައީސް ޔާމީންގެ ފަރާތުން ބަރާބަރަށް ލިބޭ ކަމަށާއި ރައްޔިތުން އެދޭ އަމާޒަށް ދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އިދިކޮޅު، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ހިމެނޭހެން އެ ކޯލިޝަންގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް މިއަދު ވަނީ ވަޑައިގެންފައެވެ.

  1. ހަސަންބެ

    ކަލޭ އޭނައައް ސަޖިދަ ޖަހާ އެއީނީނޫންތަ ކަލޭމެންގެ ކަނލާގެ އަކީވެސް ބޯހަލާކު