ޚަބަރު ސިޔާސީ

ރައީސް ޞާލިޙަށް ލިބެން އިނީ 29 އިންސައްތަ, އިތުރު 7 އިންސައްތަ ލިބުނީ ކައިޒީން އައުމުން: ރައީސް ނަޝީދު 

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބެން އިނީ 29 އިންސައްތަ, ކަމަށާއި އިތުރު 7 އިންސައްތަ ލިބުނީ ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ ސެލެބްރިޓީ ފާތިމަތު ޒަޔާން (ކައިޒީން) އައުމުން ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސައިޒު މިހާރު ވެސް ހުރީ 29 ޕަސެންޓްގައި ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިހާރުވެސް ހުރީ 29 އިންސައްތައިގަ ހެން. ކައިޒީން ދުރުވި ކަމުން 38 އަށް އެރީވެސް" ރައީސް ނަޝީދު ވިދާޅުވިއެވ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ޑިމޮކްރެޓްސްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމުން "އެމްޑީޕީގެ ސައިޒު 29 އިންސައްތައަށް ވައްޓާލާނެ" ކަމަށް ބުނެ ޑިމޮކްރެޓްސްގެ އެކްޓިވިސްޓެއް ޓްވީޓް ކުރުމާއި ގުޅިގެންނެވެ.

ކައިޒީން އެމްޑީޕީއާ ގުޅިފައިވަނީ މިމަހުގެ 5ވަނަ ދުވަހުއެވެ. އިންސްޓަގްރާމްގައި 130،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ކައިޒީންއަކީ ގިނަ ދިވެހިންގެ ތެރޭގައި މަޤްބޫލު ފަރާތެކެވެ.

Ads by HDC
  1. ޢަޒްރާ

    ތިޔަ ކައިޒިންގެ ފްލޯވަރުންނަކީ ހަމައެކަނި ދިވެހިންތަ؟

    • އަލީ

      ކައިޒީން ދުރުވީޔޭ�

    • ބާލައާދަނު

      ހަމަ އެފަދައިން ޑިމޮކްރަޓްސްގެ ސައިޒަކީ %7.

  2. އިޚްލާޞް

    ޣައިބުގައިވާ ކަންތައް ދެނެވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲސުބުޙާނަހޫ ވަތަޢާލަ. ތިމާއަށް އެކަމެއްގެ ޙަޤީޤީ މަޢުލޫމާތު ނޭނގޭ ކަމެއްގެ މައްޗަށް ވާހަކަދައްކާ ޔަޤީންކަމާއެކު ގޮތް ނިންމުމަކީ މުސްލިމުންގެ ގޮތެއްނޫން.

  3. އަބްދުު

    އެހެންވީމަ ކައިޒީން މާގަދައެއްނު ޑިމޮކްރެޓިކްސް އަށްވުރެން

  4. ސަމަދު

    އަންނިގެ ސައިޒަކީ ކޮބައި ބާ؟ ކިތައް % ބާ؟

    އިލްޔާސުލަބީބަށް %5 އަންނިޔަ %0.78 ދޯ