ޚަބަރު ސިޔާސީ

މި ސަރުކާރު އޮތީ ނޭވާ ހޮޅިއަށް އެޅި ފަހު ނޭވާ ލުމުގެ މަގުމަތީގައި: އަދުރޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު މިހާރު އޮތީ ނޭވާ ހޮޅިއަށް އެޅު ފަހުނޭވާ ލުމުގެ މަގުމަތީގައި ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ޙަވާލުވެހުންނެވެި ޢަބްދުއްރަޙިމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕޭނަށް އއ. ބޮޑުފަޅުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ މި ސަރުކާރަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފިކަމަށާއި ސަރުކާރު ބަލިވާތީ މުއިއްޒުގެ އަބުރު ކަތިލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެބޭފުޅާގެ އަބުރު ކަތިލުމަށް ޖާގަ ނުދެއްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި ސަރުކާރު މިއޮތީ މިހާރު ނިމިފައި. ދެން މިސަރުކާރަށް ނޭވާ ލެވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ ނެތް، ނޭވާ ހޮޅިއަށް އެޅި ފަހު ނޭވާ ލުމުގެ މަގުމަތީގައި މިއޮތީ" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ވެސް ތަފާތު އެކިއެކި ވާހަކަތައް ދައްކަމުންދިޔަ ކަމަށާއި މުއިއްޒު ސޮއިކޮށްފައިވާ ލިޔުމެއް ކަމަށް ބުނެ، މީސް މީޑިއާގައި ލިޔުމެއް ދައުރުކޮށްފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ވޯޓުލީ ދުވަހު ރައްޔިތުން މި ސަރުކާރަށް ދައްކައި ދިނީ ހޭލުންތެރި ބައެއް ކަން. ގައުމާ ދޭތެރޭގައި ވިސްނާ ބައެއް ކަން ދައްކާފައި. މި ގައުމަށް ވާނެ އެއްޗެއް ވާން ބޭނުން ނުވާ ބައެއް ކަން ދައްކާފައި. މި ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނެފައި. އިބްރާހިމް މުހައްމަދު ސޯލިހަކީ ވެރިކަން ކުރުމުގެ ގާބިލްކަން ހުރި ބޭފުޅެއް ނޫން ކަމަށް ބުނެފައި. ސަރުކާރުގެ އެއްވެސް މީހަކަށް އިތުބާރު ނުކުރާ ކަމަށް އެއޮތީ ބުނެފައި،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ވަރުގެ ނާގާބިލް ވެރިއަކު 21 ގަރުނުގައި ވެރިކަން ކުރާކަަށް ކަމަކު ނުދާކަމަށް ފާހަގަކުރައްވަމުން އަދުރޭ ވަނީ މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑުފުޅަދޫގެ ނަތީޖާ އަނބުރާލަ ދިނުމަށް އެދިވަޑައިގެންފައެވެ.

"ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންގެ ބުރަ މަސައްކަތާ އެކީގައި މި މަހުގެ 30 ވަނަ ދުވަހު ކުރާ ދަތުރު ނިންމާނީ ދިވެހިންގެ ރާއްޖެއަށް ގައުމީ ނާ ބޮޑުކޮށްފައި. އެ ރާއްޖޭގައި ފެންނާނީ އުޖާލާ ޒަމާނެއް،" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީޕީއެމް/ޕީއެންސީ މަސައްކަތްކުރަނީ ރައްޔިތުންނަށް ތަރައްޤީއާއި ހިތްހަމަޖެހުން ގެނެސްދިނުމަށްކަމަށާއި، ވެރިކަމަށް އަންނަން މަސައްކަތްކުރަނީ ދިވެހި ރާއްޖެއަށް ހަމަ ހަގީގަތުގައިވެސް ރަނގަޅު ގޮތް ހޯދައިދިނުމަށްކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރާއްޖެ ބިނާކުރާނެކަމަށް ވިދާޅުވެ އަދުރޭ ވަނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ނޭދޭކަމަށް ހާމަކުރައްވާފައެވެ.

"ފާޑުފާޑުގެ ނޫސްކޮންފަރެންސްތައް ބާއްވައިގެން  އެވާހަކަތައް މިހާރު ޤަބޫލުކުރާނެ ރައްޔިތަކު މި ރާއްޖޭގައި ނުހުންނާނެ. އެވާހަކަ ދައްކަން މިއަދު އެ ޖެހުނީ ތިބީމަ. ކީއްވެގެންތޯ މީގެ ކުރީގަ އެވާހަކަ ނުދެއްކީ. މިސަރުކާރު ނޫންތޯ ބުނީ އެބަތިއްބޭ. އަޅުގަނޑުމެން އަރާ އެވާހަކަ ދައްކަން ފެށީމަ ބުނީ ނެތޭ. ދެން އެވާހަކަ ދެއްކީމަ ބުނީ އެބަތިއްބޭ އެކަމު ހަތިޔާރެއް. ނެތޭ. ދެން އެވާހަކަ ދެއްކީމަ ބުނީ ހަތިޔާރު އެބަތިއްބޭ އުތުރު ތިލަފަޅުގައޭ ތިބީ. ދެން އެވާހަކަ ދެއްކީމަ ބުނީ އެއީ ޓްރެއިނިން ހަދަން އައިސްތިބި ބައެކ" އަދުރޭ ވިދާޅުވިއެވެ.

ޑރ. މުއިއްޒުއަށް ވެރިކަން ހޯއްދަވައިދެއްވުމަށް މި މަސައްކަތްކުރަނީ ރައްޔިތުންގެ މާދަމާގެ މުސްތަޤުބަލު އުޖާލާކޮށްދީ، އަމާން ވެއްޓެއް ޤާއިމްކޮށްދިނުމަށް ކަމަށްކަމަށް ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ ދަރިންގެ ދަރިންނަށް މި ރާއްޖޭގެ މިނިވަންކަން އަމާންކަމާއެކު އުޅެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަށް މަސައްކަތްކުރައްވާކަމަށާއި އަދި މަސައްކަތްކުރައްވަނީ އަޅުވެތިކަމަށް ދިވެހި ދިޔަނުދީ ކާބަފައިން ލެޔާ ދާ އޮހުރުވައިގެން ވާރުތަކޮށްދިން ދިވެހިންގެ ރާއްޖެ އެކުދިންނަށް ފޯރުކޮށްދިނުމަށްކަމަށެވެ.

Ads by Ooredoo
  1. ހާއިރު

    ޖަލުގަ އޮތް ވަގު ފަހުނޭވާ ނުލައިފިއްޔާ ރަނގަޅު.

  2. ގީޕުޓް

    ތިބުނާ ނޭވާހޮޅިޔަށް އެޅި ފަހުނޭވާ ލާން ނުޖެހޭ އެއްވެސް ޕާޓީއެއް، މި ވުޖޫދަކަށް ނާންނާނެ.