ރައްޔިތުން ނިކުމެ މިހާރުން މިހާރަށް ވެރިކަން ވައްޓާލާ، ނޫނީ ބަނޑަށް ޖެހިދާނެ: މޮސްޓާ

ރައްޔިތުން ނިކުމެ މިހާރުން މިހާރަށް ވެރިކަން ވައްޓާލަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާދަމާ ރޭ 20:00 އިން ފެށިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން މޮސްޓާ ގެ ޓްވީޓުގައި ވިދާޅުވީ ރައްޔިތުން ނިކުމެ މިހާރުން މިހާރަށް ވެރިކަން ވައްޓާލަން ޖެހޭ ކަމަށާއި ނޫން ނަމަ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމަށެވެ.
އަދި ވިޔަފާރިތަކަށް ސަރުކާރުން ކަމެއް ކޮށްނުދޭ ހާލު ވިޔަފާރިތައް ފުނޑުން ހުއްޓާލުމަށް ވެސް މޮސްޓާ ވަނީ ގޮވާލައްވާފައެވެ.
" ރައްޔިތުން ނިކުންނާނެ" މޮސްޓާ ގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ވިޔަފާރިތަކަށް ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.