ޚަބަރު ސިޔާސީ

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް މުޢިއްޒު ވައުދުވެވަޑައިގެންފި 

ރައުފާ ރަޝީދު ، ދެން އޮންލައިން

މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް މިރޭ ވައުދުވެވަޑައިގެންފިއެވެ.

Ads by Sosun Fihaara
ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އދ. މަހިބަދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ނޫސްވެރިން ނުވަތަ މީޑިއާއަކީ ޑިމޮކްރަސީއެއް ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތް ކަމަށެވެ.
މިހާރު އޮންނަ ގޮތުން ސަރުކާރުގެ ކޮންމެވެސް ކުންފުންޏެއް މެދުވެރިކޮށް ނޫސްތަކަށް ފައިސާ ދޭ ކަމަށާއީ އެއީ އެ ދާއިރާ އަޅުވެތި ކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ދައުލަތުގެ ބަޖެޓުން ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުން، ގާނޫނަށް ބަދަލު ގެނެސްގެން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ އެހީ ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ކަހަލަ މީޑިއާތަކަށް ފައިދާވާނެ ގޮތަށް ދޭން ހުށަހަޅާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ އމަނިކުފާނުގެ ވެރިކަމުގައި މިނިވަންކަމާ އެކު ނޫސްވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!