ޚަބަރު

ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބުން ނާދިރު: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ކާމިޔާބު ކުރެއްވުމަކީ ނާދިރު ކަމެއް ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއްކަމަށެވެ. މިވަގުތު އެމްޑީޕީގެ ޢާންމު މެމްބަރުން ވިސްނަންވީ އުފެދެން އުޅޭ ރިޔާސަތުގެ ބާރުތަކާއި ގުޅޭގޮތުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު, ރިޔާސީ އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހު 25 ގައި ނިޒާމީ ވޯޓަކަށް ދިޔުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭގޮތުން އެމްޑީޕީން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރު ޑިމޮކްރެޓްސްގައި އިސްކޮށް މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!