ޚަބަރު ސިޔާސީ

މިނިވަންކަމުގެ ވާހަކަ ދައްކާއިރު މިއަދު މިނިވަން މުއައްސަސާތައް އޮތީ އަޅުވެތިކޮށްފައި: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރާއްޖޭގެ މިނިވަން ދުވަސް އައިސް ބައްދަލުކުރި އިރު، މިއަދު ރާއްޖޭގައި ހުރި ހުރިހާ މިނިވަން މުއައްސަސާތަކެއް އޮތީ އޭގެ މިނިވަންކަން ގެއްލުވައި އަޅުވެތިކޮށްފައިކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ހއ. މާރަންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ފުރިހަމައަށް ކުރައްވާފައިނުވާ ކަމަށެވެ.

އެގޮތުން އެ ރަށުގެ ނަރުދަމާގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ އެ މަސައްކަތް އޮތީ ނުނިމި ކަމަށާއި ހޮޅިތައްވެސް ޖަހާފައިވަނީ އަރިމަތީގައިކަމަށެވެ. އަދި އެއީ ހަމައެކަނި އެ ރަށުގެ ހާލަތު އޮތްގޮތް ނޫންކަމަށާއި މުޅި ދިވެހިރާއްޖޭގެ ހާލަތުވެސް އޮތީ ހަމަ އެފަދައިން ކަމަށެވެ.

"ނަރުދަމާގެ ވާހަކަ، ނުނިމި ހުރި ވާހަކައެއް، އަރިމަތީގައި ހޮޅިތައް ހުރީ، އެއީ ކަންނޭގެ މިރަށަށް އޮތް ގޮތަކީ، ދެން ކޮންމެއަކަސް ސީރިއަސްކޮށް ދަންނަވަންޏާ މުޅި ރާއްޖޭޣައި ފެންނަނީ މި މަންޒަރު، ހުރިހާ ދިމާލަކުން، މާލެއިންވެސް މި މަންޒަރު، ބުރިޖު އަޅަމުންދާގޮތްވެސް ފެނޭ ނޫންތޯ" މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މިއަދު ދިވެހިންނަށް މި ފެންނަނީ ދިވެހިން ބޭނުންވާ ތަރައްޤީ ނޫންކަމަށާއި އެކަންކަން މުއިއްޒުގެ ސަރުކާރެއްގައި ބަދަލުކުރައްވާނެކަމަށެވެ.

"ސަރުކާރެއް މި ހޯދަނީ ރައްޔިތުންނަށްޓަކައި، ސަރުކާރަށް އާމްދަނީ ލިބޭ، ޓެކްސް ފައިސާ ލިބޭ، އެ ފައިސާ ބޭނުންހާ ގޮތަކަށް އިސްރާފުކުރަމުން މިދަނީ، އިސްރާފުކުރާއިރު އެކަން ބެލޭނެ ނިޒާމެއްވެސް މިހާރަކު ނެތް، މިނިވަން މުއައްސަސާތައް އޮތީ އޭގެ މިނިވަންކަން ގެއްލުވާލާ އަޅުވެތިކޮށްފައި" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެ ފަދަ ނިޒާމެއް ރައްޔިތުން ބޭނުންނުވާކަމަށާއި މި ސަރުކާރުން އެތައް ބިލިއަން ރުފިޔާއެއް އިސްރާފުކޮށްފައިވާއިރު ރައްޔިތުން ބޭނުންވާ އެތައް ކަމެއް މިވަނީ ހުއްޓިފައިކަމަށެވެ. އަދި ރައްޔިތުންނާއި ގާތުން ކަންކަމުގައި މަޝްވަރާ ނުކުރައްވާ ކަމަށާއި އެކަންކަން ބަދަލުކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު އޭގެ ހަޤީޤީ މާނައިގައި ފައްކާކޮށް ދެއްވާނެކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ މުއިއްޒުއަށް ނިޒާމުގެ ދެފަރާތުގައި މަސައްކަތްކުރުމަށް ފުރުޞަތު ލިބުނު ކަމަށާއި އެހެންކަމުން އެ ދެބައި ގުޅުއްވާނެގޮތް އެބޭފުޅާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ކަންދިމާކުރި ގޮތުން ިޒާމުގެ ދެފަރާތުގައި މަސައްކަތްކުރުމުގެ ޗާންސް ލިބިފައި މިހުރީ، ސަރުކާރުގަ އަދި މިހާރު މިހުރި މަޤާމުގެ ގޮތުންވެސް، އެހެންވީމަ އެބަ އިނގޭ މި ދެބައި ގުޅުވާލާނެގޮތް، އިންޝާﷲ" މުއިއްޒު ވިދާޅުވިއެވެ.

ފުލްޓައިމް ސީދާ ކައުންސިލްތަކަށް ޚިދުމަތް ދޭނޭ ސީދާ ސަރުކާރުގެ ވުޒާރާއެއް އުފެދިގެންދާނެކަމަށާއި އޭގެ ސަބަބުން ލޯކަލް ގަވަމަންޓު އޮތޯރިޓީއަށް "ފުލީ އެމްޕަވާރ" ނުވަތަ ފުރިހަމަ ބާރު ދެވިގެން ހިނގާނެ ނިޒާމެއް ގެނެސްދޭވޭނެކަމަށްވެސް މުއިއްޒުވަނީ ފާހަގަކުރައްވާފައެވެ.

  1. ޝަރުތެކޭ

    މަމެން ޕިންކީންގެ ވެސް އެބައޮތޭޝަރުތެއް ޝަރުތަކީ ރާއްޖޭން އިންޑިއާ ސިފައިން ބާލަން ޖެހޭނެ މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން އަދި ހެލިކޮޕްޓަރާއި ޑޯނިއަރ ވެސް ފޮނުވާލަން ޖެހޭނެ އަދި ބްރިޖް އެއްބަސްވުމާއި ހަނިމާދޫ އެއްބަސްވުން ގެޒެޓް ގައި ޝާއިއު ކުރަން ޖެހޭނެ އުތުރު ތިލަފަޅު އެއްބަސްވުން ވީދާލާ ކުދި ކުދި ކޮށްލަން ޖެހޭނެ ރައީސް އިބޫ ރައްޔިތުންގެ ކުރިމަތީގައި އަދި އުތުރު ތިލަަފަޅުގައި ހުރި އިންޑިއާ ހަތިޔާރާއި ސިފައިން ވެސް ފޮނުވާލަންޖެހޭނެއޭ މީމަމެންގެ ޝަރުތަކީ ކެނެރީގެ ނަޝީދަށް ކެރެންނާ މިކަން ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ ކޮށްދޭންވީއޭ

  2. ާނޫނު

    މިހާރު މިގައުމުގެ އެއްވެސް މުއައްސަސާއެއް އަޅުވެތި ވެފަކާ ނުެއޮންނާނެ ހުރިހާ މުއަސަސާތަކާއި ދިވެހި ރައްޔިތުން އަޅުވެތި ވެފަތިބީ 2013 އިން 2018 އަށް ވަރައް ސަލާމް