ޚަބަރު ސިޔާސީ

އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނަސް، ޑރ. މުއިއްޒު ރެސްޓެއް ނުނަންގަވާ: ޝަހީމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ޑރ. ޝަހީމް ހއ. ފިއްލަދޫ ރައްޔިތުންނާ ވާހަކަ ދައްކަވަނީ، ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނުކަމުގައި ވިއަށް ޑރ. މުއިއްޒު އެއްވެސް ރެސްޓެއް ނުނަންގަވައި، ރައްޔިތުންނާ ބައްދަލުކުރުމަށް ދަތުރު ކުރައްވަމުން ގެންދަވާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަހީމް މިހެން ވިދާޅުވީ ކޯލިޝަން ޕާޓީތަކުން ހއ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުގައި ހއ. ފިއްލަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

އިންތިޚާބުގެ ފުރަތަމަ ބުރު ނިމުމާއެކު އަނެއްކާވެސް ކެންޕެއިންއަށް ރަށްރަށަށް ފުރާވަޑައިގެންވިކަމަށާއި، އެގޮތުން އެއްދުވަހު 11 ރަށަށް ޑރ. މުއިއްޒު ވަޑައިގެންނެވިކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތުން ދޭހަވަނީ އެމަނިކުފާނު މި ޤައުމަށް ޚިދުމަތްކުރެއްވުމަށް ޝައުޤުވެރިކަން ހުރިކަން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ދިވެހިރާއްޖޭގެ ކުރިމަގު ބިނާކޮށް، ޤައުމަށް ހެޔޮގޮތް އެދޭނަމަ، ކޮންމެ ދިވެހި ރައްޔިތަކު ޑރ. މުޙައްމަދު މުއިއްޒުއަށް ވޯޓު ދެއްވައި، ރައީސްކަމަށް އެމަނިކުފާނު އިންތިޚާބުކުރެއްވުމަށެވެ.

ޝަހީމް ވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާއިރު މިއީ ސިޔާސީކަމަކަށް ނުހައްދަވައި، މިއީ މިޤައުމުގެ ރައީސަކު ހޮވުމަށް ލާ ވޯޓަކަށް ހައްދަވައި، މިކަމުގެ މުހިއްމުކަމާމެދު ވިސްނައި، ވޯޓު ދެއްވުމަށް ގޮވާލައްވާފައެވެ.

ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ ބޭފުޅަކީ ޤައުމުގެ މަސްލަޙަތު އިސްކޮށް، ރިވެތި އަޚްލާޤު ދިރުވާ އާލާކުރާ ބޭފުޅަކަށް ވާންޖެހޭކަމަށެވެ. އެއީ ރައީސްގެ މަޤާމުގައި ހުންނަ ބޭފުޅަކީ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ނަމޫނާ ބޭފުޅަކަށް ވާތީކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ ބޭފުޅަކީ، އެއީ މި ރިވެތި އަޚްލާޤު އާލާކޮށް ދިރުވާނެ ބޭފުޅަކަށް ވާންޖެހޭ، އެ އަޚްލާޤު އެމީހެއްގެ ކިބައިގައި ހުރި މީހަކަށް ވާންޖެހޭ، ސަބަބަކީ އެއީ މުޅި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ހުރި ނަމޫނާއަކަށް ވާތީވެ" ޝަހީމް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ދޭންވީއޭ

    ސާބަހޭ ގާސިމް ތިޔާ ނިންމުން މަމެން ބަލައިގަންނަމޭ މަމެން ހޯދި 35 މީހުންނާއި އެކު ދެން މަމެން ވޯޓް ދޭނީ ޖޭޕީން ވަކާލާތު ކުރި ރާއްޖޭގެ މިިނިވަން ކަން ދިފާއު ކުރުމަށް ޓަކައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް ޖޭޕީ ފިޔަވައި ވަކާލާތު ކުރި ޕީޕީއެމް ކޮޅަށޭ ގާސިމަށް ރަހްމަތް ލައްވާދޭންވެ އެކަމަކު ކުނޫޒު ކިއްލާ ގާސިމް މަމެން ކެމްޕެއިން ކޮށްލަން ދީފިނަމަ އެއީ މިގައުމުގެ މިނިވަން ކަން އިންޑިއާ އަތުން އަތުލަން ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެއޭ ކުނޫޒު ކިއްލާ އާއި އަދި ވީޓީވީ އެކްސްކްލޫސިވް ކޮށް 24 ގަޑިއިރަށް ދޭންވީއޭ މާދަމާއިން ފެށިގެން ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ

  2. ޒީރާނު

    ރެސްޓެއް ނުނަގާނެއްނު އަމިްލަ އެދުމުން ފޯވެފަ ހުރި މީހަކު.

  3. ބޮޑުބެ

    ތިޔައީ ކިބުރުވެރިކަމާ ތިމާގެމޮޅުކަމުގެ ހިޔަނީގައި
    ބަލްޣަމުންފޯވެފަހުރި މާމަތީމަނިއްޕުޅެއް!