ޚަބަރު ސިޔާސީ

ޝަރުޠަކާއި ނުލައިވިޔަސް ޑިމޮކްރެޓްސްއިން ވަކި ގޮތެއް އަވަހަށް ނިންމަން އެބަޖެހޭ: ރައީސް ނަޝީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސެޕްޓެންބަރު 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ތާއީދުކުރާނެ ކެންޑިޑޭޓަކާ މެދު ގޮތެއް ނުނިންމައި މަޑުކުރެވެން ނެތް ކަމަށާއި ޝަރުޠަކާއި ނުލައިނަމަވެސް ވަކި ގޮތެއް އަވަހަށް ނިންމަން ޖެހޭކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއިއެކު ދޮންމަނިކު ސްކައިވިއު ގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމް/ޕީއެެންސީއަށް ވެސް އެޕާޓީން ހުށަހަޅާފައިވާ ޝަރުތާ މެދު ގޮތެއް ނިންމަން ޖެހޭ ކަން، ހާއްސަކޮށް އެމްޑީޕީއަށް ސާފުވާނެކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި "ޝަރުތަކާ ލައިގެން، ނުވަތަ ޝަރުތަކާ ނުލައި" ނަމަވެސް ދަ ޑިމޮކްރެޓްސް އިން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

"އެމްޑީޕީއަަށް ވެސް އަޅުގަނޑު ހިތުން އެމްޑީޕީއަށް ވެސް ސާފުވާނެ އަބަދު އަަޅުގަނޑުމެންނަށް މަޑުކޮށްގެނެއް ނުތިބެވޭނެ އެބޭފުޅުން ގޮތެއް ނިންމަވަންދެނެއް. އެހެންވީމާ މިސާލަކަށް މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު، އަޅުގަނޑުމެން އެބަ ނިންމަން ޖެހޭ. ޕީޕީއެމުން އެބުނާ ފަދައިން ޝަރުތަކާ ލައިގެން ނަމަވެސް ނުލާ ނަމަވެސް ، ކޮންމެ ގޮތަކުން ވިޔަސް އަޅުގަނޑުމެން ގޮތެއް ނިންމަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަށް ޑިމޮކްރެޓުން ހުށަހެޅި ޝަރުތާ މެދު ގޮތެއް ނިންމަން އެމްޑީޕީއަށް ވަގުތުދީ، ޑެޑްލައިނެއް ކަނޑައަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެހެން އެކަން އޮތްނަމަވެސް ދެން ގިނަ ވަގުތު ދެވެން ނެތް ކަމަށާއި ދަ ޑިމޮކްރެޓްސްގެ ކައުންސިލުން އެކަމާ މަޝްވަރާކުރަން އުއްމީދުކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއި އެމްޑީޕީއާއި ވާދަކުރައްވާއިރު ދަ ޑިމޮކްރެޓްސްއިން ތާއީދުކުރައްވާނެ ޕާޓީއެއް އެނގުން އެންމެންނަށްވެސް ވަނީ މުހިންމުވެފައެވެ. އެގޮތުން، ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީއާއިއެކު ދަ ޑިމޮކްރެޓްސްއިން މަޝްވަރާތައް ކޮށްފައިވާއިރު އިދިކޮޅި ޕީޕީއެމް/ ޕީއެންސީއާއެކު ކުރިއަށް ނުދެވި އޮތް ސަބަބަކީ ރަސްމީކޮށް ލިޔުމެއްގައި ސޮއިކުރަން ދެކޮޅު ހަދާތީ ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ޕާސަން ހަސަން ލަތީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީއަށް ވެސް ޑިމޮކްރެޓުން ހުށަހެޅި ޝަރުތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު އަލުން ގޮތެއް ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި އެ ވޯޓު މިމަހުގެ 25 ވަނަ ދުވަހު ނެގުމެވެ.

  1. މުހިއްމޭ

    ޖޭޕީ އެއްވެސް ބަޔަކާއި އެކު ކޯލިޝަން ނެހެދުން މީގައި އެންމެ ރަނގަޅު ގޮތަކީ ޕާރޓީގެ ސަޕޯރޓަރުން ނަށް ޖޭޕީން ދެން ވިސްނާދޭންވީ ޖޭޕީން މިއޮތް މަދު ދުވަސް ކޮޅުގައި އެމެން ވޯޓް ލުމުގެ ކުރިން ގައުމުގެ މިނިވަން ކަން މިހާރު ގެއްލިފައިވާ ކަމާއި އިންޑިއާ ސިފައިން ގާތު މިގައުމުން ފައިބާށޭ ބުނުމުން އެމެން ނުފައިބާ ގަދަފައި ވިއްދާފައި މިގައުމުގައި އެތިބެނީ އެއީ ކޮން ގައުމެއްގައި ކުރެވޭނެ ކަމަށްތޭ ނިމުނީ އެހެން ގައުމެއްނަމަ ރައްޔިތުން ނިކުމެ އެމެން ބާލާނެއޭ ބަލާ ނައިޖާރ ގައި މިހާރު ހިނގަމުން އަންނަ ދާޚިލީ ހަނގުރާމަ އެއީ ސީދާ ފްރާންސްގެ ސިފައިން އެގައުމުގައި ތިބުމުންނޭ އެމެން ގާތުފައިބާން ބުނުމުން އެމެން ނުފޭބުމުން ރައްޔިތުން ގޮސް އަރައިގަތީއޭ މިހާރު ފްެރާންސް ބިރުން އެއުޅެނީ މީ އިންޑިއާ ސިފައިން މިގައުމުން މިއަދު ނުބޭލިނަމަ މިގައުމު ކުރިމަތިލާނެ ދާޚިލީ ހަނގުރާމައޭ މިފެންނަނީ ޖޭޕީން ގާސިމް އަދި އަލީ ވަހީދު އަދި އަމީން މިކަމުގައި ސީރިއަސް ކޮށް ވިސްނާށޭ ހަތިޔާރު އަދި ނުބަހައްޓާށޭ ކޯލިޝަން ނެހެދި ނަމަވެސް މިޕްރޮގްރާމް އެންމެ ކުޑަވެގެން ވޯޓްލާ ނިމެންދެން ކުރިއަށް ޖޭޕީން ކޮންމެ ރެއަކު ކުނޫޒު ގައި ގެންދިއުން އެއީ ވަރަށް މުހިއްމު ކަމެކޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ މުހިއްމޭ

  2. ބޭރުކުރޭ

    އުތުރު ތިލަފަޅުގައި ބޭރުސިފައިން ނެތޭ ކުރިން ބުނި އިންޑިއާ ސިފައިން ރާއްޖޭގައި ވެސް ނެތޭ އެކަމަކު މިހާރު އައްޑޫ ގަމުގައި ތިބި ދިވެހި ސިފައިން ބާލާ ބޮޑު ދޫގަސް އާއި އެކު އެތާ އެތިބީ މުޅިން އިންޑިއާ ސިފައިންނޭ އެމެންނަށް ކުރާ ހުރިހާ ޚަރަދެއް ރާއްޖޭގެ ފޮރިންގް މިނިސްޓްރީ ތެރޭން އިންޑިއާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އަށް ފައިސާ ޓްރާންސްފަރ ކޮށްގެން އިންޑިއާ އިން ކުރާ ޚަރަދުގެ ގޮތުގައޭ ނަން ވެސް އޮންނަނީ އެކަމަކު ހަގީގަތަކީ އެފައިސާ އަކީ ދިވެހި ސަރުކާރުގެ ޚަރަދުގައި ދޭ ފައިސާއޭ އިންޑިއާ އިން ޑިންގީ ވެސް ދިނީ އެގޮތަށޭ އެއީ ސަރުކާރުގެ ބަޖެޓުން ދޭފައިސާއޭ މިހާރުވެސް މިކަން ފެންނާނެ އިންޑިއާ ގައި ހުންނަ ދިވެހި އެމްބަސީ އަށް މަހަކު 25 މިލިއަން ޑޮލަރު ޚަރަދުކުރޭ ދެން އަނެއް ކޮޅުން އާސަންދަ ތެރޭން ވެސް ފައިސާ ނަގައިގެން އިންޑިއާ އެމްބަސީ އަށް އިންޑިއާ ގައި ހުންނަ ދިވެހި އެމްބަސީން އެތައް މިލިއަނެއް ކޮންމެ މަހަކު ފޮނުވާ މަމެން ނުބަލަ އެއް ނޫނޭ މިވާހަކަ މިދައްކަނީ މީ ބަލާފައޭ މިބުނަނީ މިސަރުކާރަކީ ދައުލަތުގެ ޚަޒާނާއިން އިންޑިއާ އާއި ގުޅިގެން ވައްކަން ކުރަން އެކަނި ދަންނަ ސަރުކާރޭ އެއީ އޭ އިބޫ ޖަހުލަށް މިހާކިމާ ވާ ގޮތަކީ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ އިބޫ ޖަހުލު ބޭރުކުރޭ

  3. ދޮށީބޭ

    އިންތިޚާބުގަވާދަކުރާ ފަރާތެއްނޫން ތިޔައީ؟އެހެންމީހުނަށް އުނދަގޫ ނުވާވަރަށް ފެއައްޖެހިލާ ހުންނަވާ..އިންސާފުވެރިކޮށް ވޯޓްލުމަށް ފުރުސަތުދެއްވާ!