ޚަބަރު ސިޔާސީ

ރީރަޖިސްޓްރީ ކުރާ އަދަދު ކުއްލިއަކަށް އިތުރުވުމުން އީވާވެސް ކަންބޮޑުވުން ފާޅުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނަށް (އީސީ) ހުށައެޅި ފޯމްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by STELCO

އީވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ބުރުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިކަން ނެތް އެތައް ބަޔަކު ތިބިއިރު، ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވާ އަދަދުތައް ކުއްލިއަކަށް އިތުރުވުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭންތަކުގައި ރިޝްވަތާއި، ކޮރަޕްޝަން، ވަސީލަތްތައް ބޭނުންކުރުން ފަދަ ކަންކަން ހިމެނުނުއިރު، މިއީ ވެސް "ސެބޮޓޭޖް" ކަމެއް ނޫންކަން ޔަގީން ކުރުމަށް އީސީގެ މެންޑޭޓް ދަމަހައްޓަން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ.

އިވާ މިކަންބޮޑުވުން ފާޅުކުރައްވާފައިމިވަނީ، ފާއިތުވި ދެ ދުވަހުގެ ތެރޭގައި ފަންސަވީހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރޭޝަނަށް ހުށައެޅާފައިވާކަމަށް އީސީން ބުނެފައިވާތީއެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އިންތިޚާބާއި ދިމާކޮށް އާންމުންގެ އައިޑީކާޑު ބޮޑެތި އަގުތަކަށް ގަންނަމުންދާކަމުގެ ޝަކުވާވެސް ބޮޑުވެފައިވާއިރު އެފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންދެއެވެ.

Ads by Ooredoo
  1. ހައިލް

    މިމީހުންނަކަށް ނޯވޭ ސަލާމަތް އެއްގޮތެއްވެސް. ކަމެއް އަވަސްވިޔަސް ލަސްވިޔަސް ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭހެން.