ޚަބަރު ސިޔާސީ

ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުން މުއިއްޒުއަށް ވޯޓު ދެއްވާ: ޝަހީމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ހުރިހާ އާންމު މެމްބަރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަށް ވޯޓު ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

Ads by STELCO

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން އިއްޔެ ނިންމާފައިވާ ނިންމުމުގެ ސަބަބުން މެމްބަރުންގެ ހައްޤަށް އުނިކަމެއް އަތުވެދާނެ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަށް ފެނިވަޑައިގަންނަވާތީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ މެމްބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުމާއި ވޯޓު ދިނުމަކީ އެ ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ޤާނޫނީ ހައްޤެއް ކަމަށް ޤާސިމަށް ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.

"ޖޭޕީގެ އާންމު މެމްބަރުން ޑރ. މުއިއްޒުއަށް ތާއީދުކޮށްދެއްވުމަށް ނުހަދު އަދަބު އިޙްތިރާމާއެކު އެދެން، އަޅުގަނޑުމެން އެންމެން ގުޅިގެން މި ޤައުމު ތަރައްޤީކޮށް ބިނާކުރެވޭނެ، އިންޝާﷲ" ޝަހީމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުން ބޭނުން ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށް ޤާސިމް ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކެންޑިޑޭޓުންނަށް ތާއީދުކުރުމުގައި ނިއުޓްރަލްކޮށް ތިބުމުގެ އިޚްތިޔާރު ޤާސިމްއާއި ޖޭޕީގެ ކައުންސިލުން މަތިކުރުމުން ވެއަތުވެދިޔަ ތަނުގައި ކޯލިޝަން ހަދައިގެން ތިން ފަހަރުވެސް ލިބުނު ހިތި ނަތީޖާއަށްފަހު މި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!